
ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއް މާދަމާ ބާއްވަން މަޖިލީހުގެ އިދާރާއިން ނިންމައިފިއެވެ.
މަޖިލީހުގެ އިދާރާއިން ބުނީ މި ޖަލްސާ މާދަމާ އޮންނާނީ ހެނދުނު 9 ޖަހާއިރު ކަމަށެވެ. މާދަމާގެ ޖަލްސާއާބެހޭ ގޮތުން މެމްބަރުންނަށް މަޖިލީހުގެ އިދާރާއިން ފޮނުވި މެސެޖުގައި ބުނެފައި ވަނީ އެ ޖަލްސާއަކީ ދައުރުން ބޭރުގައި ބާއްވާ ޖަލްސާއެއް ކަމަށެވެ.
ނަމަވެސް މި ޚާއްސަ ޖަލްސާއާބެހޭ އިތުރު ތަފްސީލެއް އަދި މަޖިލީހުގެ އިދާރާއިން ހާމަ ނުކުރެއެވެ. ޖަލްސާގެ އެޖެންޑާވެސް އަދި އާންމެއް ނުކުރެއެވެ.