ހުރިހާ ފްލެޓެއް ވިކިއްޖެ

ގާކޮށި ސަރަހައްދާއި ކުރީގެ އަރަބިއްޔާ ސްކޫލް ހުރި ބިމުގައި އަޅާފައިވާ ފްލެޓް ތަކުގެ ތެރެއިން ވިއްކާލަން އެޗްޑީސީން އިއުލާނު ކުރި ހުރިހާ ފްލެޓެއް ވިކިއްޖެއެވެ.

އެޗްޑީސީން ބުނީ 264 ފްލެޓްގެ ތެރެއިން ވިއްކާލަން އިއުލާންކުރި 105 ފްލެޓް ވިކި ނިމިފައިވާ ކަމަށެވެ. އެޗްޑީސީން ބުނީ އެ ފްލެޓްތައް ގަތް ހުރިހާ މީހުންވެސް މިވަގުތަށް އެޗްޑީސީއަށް ދައްކަން ޖެހޭ ފައިސާ ދައްކައި ނިންމާފައިވާ ކަމަށެވެ.  އެޗްޑީސީން މި ފްލެޓްތައް ވިއްކާފައި ވަނީ އޮންލައިންކޮށް ފްލެޓަށް އެދި ހުށަހަޅައިގެންނެވެ. އެޗްޑީސީން ބުނީ ފްލެޓް ގަތްމީހުން ގަވައިދުން ކުރިޔަށް އޮތްތަނުގައި ދައްކަންޖެހޭ ފައިސާ ނުދައްކައިފި ނަމަ ފްލެޓް އަތުލައި އަލުން ވިއްކާލާނެ ކަމަށެވެ.

މި ފްލެޓްތައް އެޗްޑީސީން ވިއްކީ ދެ މިލިއަން ރުފިޔާ އެއްފަހާރާ ދެއްކޭނެ ކަމުގެ ލިޔުމެއް ނުވަތަ ބޭންކް ލޯނު ހަމަޖެހޭނެ ކަމުގެ ލިޔުމެއް ދިނުމުންނެވެ. އެކާވީސް އަހަރު ފުރިފައިވާ ކޮންމެ ދިވެއްސަކަކަށްވެސް ކުރިމަތިލެވޭ ގޮތަށް ހުޅުވާލިއިރު  އަރަބިއްޔާ ބިމުން ވިއްކީ 30 ފްލެޓެވެ. ގާކޮށިން 75 ފްލެޓެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.