
މަކަރާއި ހީލަތުގެ މައްސަލައެއްގައި ތިން މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.
ފުލުހުން ކޮށްފައިވާ އިއުލާނުގައި ބުނީ އެމީހުންނަކީ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ތިން މީހުން ކަމަށެވެ.
އެހެންވެ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އެމީހުންނަށް ވަނީ އަންގާފައެވެ.
ފުލުހުން ހޮދަމުން ދަނީ ބ. ގޮއިދޫ / ހީނާމާގެ، އަޙްމަދު ޔާނިސް (27އ) އާއި ކ. މާލެ / އަނދުންގެ، އިބްރާހީމް ޝަމީމް (60އ) އަދި އއ. ފެރިދޫ / ބަހާރީގެ، މުޙައްމަދު ޝާން (29އ)އެވެ.