މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ސޮލިއުޝަން ތައާރަފްކޮށްފި

މައިކްރޮސޮފްޓާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ވިޔަފާރިތަކަށް މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ސޮލިއުޝަންތައް ތައާރަފްކޮށްފި އެވެ.

އުރީދޫ ގްރޫޕުން މައިކްރޮސޮފްޓާއެކު ކުރިއަށްގެންދާ ހަރުދަނާ ޕާޓްނަރޝިޕްގެ ބޭނުން ހިފައި، އުރީދޫ މޯލްޑިވްސްއިން ފޯރުކޮށްދޭ މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ގެ އޮފަރ އަކީ ޚަރަދުކުޑަގޮތެއްގައި ވިޔަފާރިތައް ހިންގުމަށް ކުރަންޖެހޭ މުޢާމަލާތްތަކާއި، މަސައްކަތްތައް ސްޓްރީމްލައިން ކުރެވޭ އެންޓަރޕްރައިޒް ގްރޭޑްގެ ޕްރޮޑަކްޓިވިޓީ ޓޫލްސްގެ ފުރިހަމަ ސުއިޓެކެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން މިދަނީ އުރީދޫ ގެ ބައިނަލްއަގްވާމީ ޕާޓްނާޝިޕްތަކުގެ ބޭނުން ހިފައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މުޖުތަމައުތަކުގެ ދިރިއުޅުން އަޕްގްރޭޑްކޮށް އައު ފުރުސަތުތަކާއި ގުޅުވާލަދިނުމަށް. މައިކްރޮސޮފްޓާއެކު ވެފައިވާ ޕާޓްނަރޝިޕަކީ ދެމެހެއްޓެނިވި ޑިޖިޓަލް ދިވެހި ރާއްޖޭ އެއް ބިނާކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބޭ ޕާޓްނަޝިޕެއް. މި ސްޓްރެޓެޖިކް ޕާޓްނަރޝިޕްގެ ސަބަބުން އުރީދޫ މެދުވެރިކޮށް ފޯރުކޮށްދޭ މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ސޮލިއުޝަންތަކުގެ ސަބަބުން ވިޔަފާރިތަކުގެ ހިންގުން އިތުރަށް ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުމަށް މަގުފަހިވެގެންދާނެއެވެ." އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ.

އުރީދޫއިން ފޯރުކޮށްދޭ މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ޕްލޭންތަކަކީ ރާއްޖޭގެ ވިޔަފާރިތަކުގެ މަސައްކަތްތަކާއި މުއާމަލާތްތައް ފަސޭހަކަމާއެކު ޑިޖިޓަލް ކުރެވޭނެގޮތަށް ފަރުމާކޮށްފައިވާ ޕްލޭންތަކެކެވެ. މި އޮފާ އާއި އެކު ބިޒްނަސް އީމެއިލް، ކޯލަބްރޭޝަން ޓޫލްސް، އޮންލައިން ސްޓޯރޭޖް އަދި އިތުބާރު ހިފޭ ކްލައުޑް ސޮލިއުޝަންތައް ހިމެނޭ ގޮތަށް ވިޔަފާރީގެ ހުރިހާ ބޭނުންތަކަށް އެއްތަނަކުން ހައްލެއް ލިބިގެންދާނެއެވެ. މި ޕާޓްނަރޝިޕްގެ ދަށުން ޒަމާނީ ފެންވަރުގެ ސެކިއުރިޓީ ފީޗާތަކާއި، 24 ގަޑިއިރުގެ ސަޕޯޓް ދިވެހި ބަހުން ލިބިގެންދާނެއެވެ މީގެ އިތުރުން ވިޔަފާރިތަކަށް ފަސޭހަކަމާއެކު ގިނަ ޑިވައިސްތަކަކުން މުވާސަލާތީ ކަންކަން ބެލެހެއްޓުމުގެ ފުރުސަތު ފަހިކޮށްދީ، މަސައްކަތްކުރާ ފަރާތްތަކަށް ދުރުގައި ތިބިނަމަވެސް ފަސޭހަކަމާއެކު ވަގުތުން ގުޅިގެން މަސައްކަތް ކުރެވޭނެ އެވެ. އަދި ކްލައުޑްގެ މެދުވެރިކޮށް ހުރިހާ އެޕްލިކޭޝަނެއްގެ އެންމެ ފަހުގެ އަޕްޑޭޓްތައްވެސް ވިޔަފާރިތަކަށް ލިބިގެންދާނެއެވެ.

"މައިކްރޮސޮފްޓާއެކު އަޅުގަނޑުމެންގެ މި ޕާޓްނާޝިޕަކީ ވިޔަފާރިތައް ކުރިއެރުމަށް މަގުފަހިކޮށްދޭ ފުރިހަމަ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ހެއްކެއް. އުރީދޫ ގެ މޮބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ގެ ޙިދުމަތްތަކާއި އެކު މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ޕްލޭންތަކުގެ ސަބަބުން ވިޔަފާރިތަކުގެ ޕްރޮސެސްތަކާއި ކޯލަބްރޭޝަން އިތުރަށް ސްޓްރީމްލައިން ކުރެވި އިތުރަށް ހަރުދަނާވެގެންދާނެ. 24 ގަޑިއިރުގެ ސަޕޯޓާއި، ވަރުގަދަ ސެކިއުރިޓީ ފީޗާސް ތަކާއެކު ލިބޭ މި ހިދުމަތް އުރީދޫ މެދުވެރިކޮށް ނަންގަވާ ވިޔަފާރިތަކަށް ފަސޭހަ އަދި ލުއި ޕޭމަންޓް އޮޕްޝަންތައް ފަދަ ފައިދާތައް ލިބިގެނދާނެ." އުރީދޫ މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރު ރާޖޭޝް މެހެތާ.

މި ޕާޓްނަރޝިޕާއެކު އުރީދޫ މޯލްޑިވްސްގެ ސަބަބުން ލައިސަންސް ކޮމްޕްލަޔަންސް މައްސަލަތަކާއި އިންސްޓޯލްމަންޓާ މެދު ކަންބޮޑުވުމެއް ނެތި މައިކްރޮސޮފްޓް މޮޑަން ވޯކްޕްލޭސް ގެ ފައިދާތައް ލިބިގެންދެއެވެ. މައިކްރޮސޮފްޓްގެ މެއިން ޕާޓްނަރެއްގެ ހައިސިއްޔަތުން އުރީދޫ މެދުވެރިކޮށް މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ގެ ހިދުމަތްތައް ހޯދުމަށް ޚިޔާރުކުރާ ވިޔަފާރިތަކަށް ޕަރ-ޔޫޒަރ މަންތްލީ ސަބްސްކްރިޕްޝަނެއް ހެޔޮ އަގުގައި ލިބިގެންދާއިރު ދިވެހި ރުފިޔާއިން ފައިސާ ލޯކަލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ވެސް ވިޔަފާރިތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކުން ފަދަ ފައިދާތަކާއި އެކު އިތުރަށް ހަރަދު ކުޑަވެގެންދާނެއެވެ.

އުރީދޫ އާއި މައިކްރޮސޮފްޓް ގެ މި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ހަރަދު ކުޑަ ހައްލެއް ލިބިގެންދާއިރު، ޑިޖިޓަލް ޓްރާންސްފޯމޭޝަން ފަސޭހަކޮށްދީ، ވިޔަފާރިތައް ކުރިއެރުމަށް ވެސް މަގުފަހިކޮށްދެ އެވެ. އުރީދޫ އިން ފޯރުކޮށްދޭ މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ސޮލިއުޝަން ގެ އިތުރު މައުލޫމާތު ހޯދުމަށް ވިޔަފާރިތަކުން ooredoo.business@ooredoo.mv އަށް މެއިލްކޮށްލައްވާށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.