އުއްމީދަކީ އައު ސަރުކާރުން ފުލުހުންގެ ކުރިއެރުމަށް އިތުރު މަސައްކަތް ކުރުން: ސީޕީ ހަމީދު

ފުލުހުންގެ އޮޕަރޭޝަންތަކުގައި ފަހުގެ ޓެކްނޮލޮޖީތައް ބޭނުންކުރުން ވަނީ އިތުރުކޮށްފައި ކަމަށާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ވިދާޅުވީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ފުލުހުންގެ ދާއިރާ ހަރުދަނާކޮށް، ރަނގަޅުކުރަން ކުރެވުނު މަސައްކަތްތަކުގެ ސަބަބުން އެ މުއައްސަސާއަށް އާންމުން މިހާރު އިތުބާރުކުރާ ކަމަށެވެ.

މީގެ އިތުރުން ކުށް މަދުކުރަން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މަގުމަތީގައި ހިނގާ ގްރޫޕް މާރާމާރީތައް މަދުކުރުމަށް ބޮޑެތި އާބާދީތަކަށް ހާއްސަކޮށް ޕްލޭންތައް އެކުލަވާލައިގެން ފާއިތުވި މުއްދަތުގެ ތެރޭގައި ގިނަ މަސަައްކަތްތަކެއް ކުރެއްވި ކަމަށް ވެސް ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ފުލުހުންގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން އޮޕަރޭޝަންތަކުގައި ފަހުގެ ޓެކްނޮލޮޖީތައް ބޭނުންކުރުން އިތުރުކޮށްފައިވާ ކަމަށާއި ބޮޑީ ވޯން ކެމެރާ ފަދަ އާލާތްތައް ބޭނުންކުރުމާއި އައްޑޫގައި މިދިޔަ އަހަރު ހުޅުވި ޕޮލިސް ކޮލެޖާ އެކީ ލިބުނު ކުރިއެރުންތަކަކީ ވެސް ފުލުހުންގެ ދާއިރާގެ ކާމިޔާބީއެއް ކަމަށެވެ.

މި މަހުގެ 11 ގައި ފުލުހުންގެ ހިދުމަތުން ރިޓަޔަރކުރައްވަން ނިންމަވާފައިވާ ސީޕީ ހަމީދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ފުލުހުންގެ އިދާރާއަށް އާންމުންކުރާ އިތުބާރު ދެމެހެއްޓުމަށް މަސައްކަތްތައްކޮށް، އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން  އާ ސަރުކާރުން ކުރައްވާނެ އުންމީދު ކުރައްވާ ކަމަށެވެ.

ފުލުހުންގެ 2019-2024 ގެ ސްޓްރެޓެޖިކް ޕްލޭންގެ ގިނަ އަމާޒުތަކެއް ފާއިތުވި ތަނުގައި ހާސިލުކުރެވިފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.