މާލޭގެ ބައެއް ސަރަހައްދަށް މިރޭ ހިނގާ މީހުންނާއި ވެހިކަލްތަކަށް ނުވަދެވޭގޮތަށް ބަންދުކުރަނީ

މާލޭގެ ބައެއް ސަރަހައްދަށް މިރޭ ހިނގާ މީހުންނާއި ވެހިކަލްތަކަށް ނުވަދެވޭގޮތަށް ބަންދުކުރަން ނިންމާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ހޮޓެލް ޖެން ހުންނަ ސަރަހައްދު އާންމުންނަށް ނުވަދެވޭގޮތަށް މިއަދު ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ހިނގާމީހުންނާއި އެއްގަމު އުޅަނދުފަހަރަށް ބަންދުކުރެވޭ ސަރަހައްދަކަށް ފުލުހުން ފާހަގަކޮށްފައިވަނީ އަމީރު އަހްމަދު މަގުގެ ބަޔަކާއި، ލޮޓަސް ގޯޅީގެ އިތުރުން ހޮޓެލް ޖެންއާއި އިންވެގެން ހުރި ގޯޅިތައް ބަްނދުވާނެ ކަމަށް ވަނީ ބުނެފައެވެ. އަދި އެ ސަރަހައްދު ބަންދުކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ ހަވީރު 6 އިން ރޭގަނޑު 11 ޖެހުމާ ހަމައަށް ކަަމަށް ވެސް ވަނީ ބުނެފައެވެ.

އެހެންނަމަވެސް މި ސަރަހައްދު ބަންދުކުރަނީ ކޮންކަމަކާއި ގުޅިގެން ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.