ރައީސް އަބްދުﷲަ ޔާމީން ރާއްޖެއަށް ގެނެސްދެއްވި ތަރައްގީއަށް މި ސަރުކާރުން އަޅާނުލާކަމަށް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޕީއއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ހއ. އަދި ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ކެމްޕެއިނަށް ހއ. ދިއްދޫއަށް ވަޑައިގެން އެރަށުގައި ވާހަކަ ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީި މިސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރު، ފެނިގެން މިދަނީ ރައީސް ޔާމީންގެ ދައުރުގައި ގެނެވުނު ތަރައްޤީ އަޅާނުލާ ދޫޫކޮށްލައި ވީރާނާވަމުންދާ މަންޒަރު ކަމަށެވެ. އެހެންނަމަވެސް އޭނާގެ ވެރިކަމެއްގައި އަލުން އެތަންތަން ތަރައްޤީކޮށް ސާމާނުތައް އަލުން ހޯދާނެ ކަމަށް ވިދާޅުވެފައެވެ.
ޑރ. މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ފުޓުބޯޅަކުޅުމާއި އެކު ކުޅިވަރުތައް ކުޅުމަށް އަޅާފައިވާ ތަންތަން ވީރާނާވަމުން އެދަނީ ނުބެލެހެއްޓޭތީ ކަމަށާއި ސަރުކާރުން އެކަމަށް ސަމާލުކަން ނުދޭތީ، ކަމަށެވެ.
"އެހެންވީމާ މިޖެހެނީ އަލުން ބަލުން އެކަންކަން ކުރަން. އަނެއްކާ މިޖެހެނީ ކުރިން ކުރި ޚަރަދުކުރަން.". ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެތަންތަނަށް ހޯދާފައިވާ އެތައް މިލިޔަން ރުފިޔާގެ ސާމާނު ހަލާކުވަމުން ދިއުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމުގައި ވެސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވަނީ ދިއްދޫ ޒުވާނުންނަށް ޒަމާނީ ފެންވަރުގެ ބައިނަލްއަޤުވާމީ މެޗުތައް ކުޅެވޭނެ ފުޓުބޯޅަ ދަނޑެއް ތަރައްޤީކުރައްވައި ކުޅިވަރު ކުޅުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ޤާއިމުކޮށްދެއްވާނެކަމުގެ ޔަގީންކަން ޑރ. މުއިއްޒު ވަނީ ދެއްވާފައެވެ.
މުއިޒުއަށް ފުރުސަތު ނުދޭ ހާދަވަރަކަށް ޕޕއމ އިން މަސައްކަތް ކުރިއޭ. މުއިއްޒު ކުރިއަށް..ބާރަށް ކުރިއަށް..!