މި އަހަރުގެ ލިވިން އެކްސްޕޯގައި ބީއެމްއެލް އިސްލާމިކް ލިބެން ހުރި ފައިނޭންސިންގ ފުރުސަތުތަކާއި ދެމުންދާ ހިދުމަތްތަކާ ބެހޭ މައުލޫމާތު ލިބިގެންދާނެއެވެ.
މި އަހަރުގެ ލިވިން އެކްސްޕޯ ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ ބުރާސްފަތި ދުވަހުގެ 3:00 ގައެވެ. ލިވިންގ އެކްސްޕޯ އޮންނާނީ މި މަހުގެ 10 އިން 12 ވަނަދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 3:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
އެކްސްޕޯގައި ހުންނަ ބީއެމްއެލް އިސްލާމިކް ސްޓޯލުން ބޭންކުގެ މުވައްޒަފުންނާ ބައްދަލުކޮށް، ފައިނޭންސިން އާ ބެހޭ އެކި މައުލޫމާތު ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
ބީއެމްއެލް އިސްލާމިކް އިން އަންނަނީ ރާއްޖޭގައި ހޯމް ޕާޗޭސް ފައިނޭންސިންގ ދޫކުރާ އެންމެ ކުޑަ ރޭޓުގައި ފައިނޭންސްކޮށްދެމުންނެވެ. ބީއެމްއެލް އިސްލާމިކް ހައުސިން ފައިނޭންސިންގ ފަރުމާކޮށްފައިވަނީ ޝަރުއީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ދާދި ފަހުން ބީއެމްއެލް އިސްލާމިކް އިން ދޫކުރާ ހޯމް ޕަރޗޭސް ފައިނޭންސިންގ އަށް ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތުވަނީ 25 އަހަރަށް އިތުރުކޮށް، ގްރޭސް ޕީރިއަޑްވެސް 24 މަހާ ހަމަޔަށް އިތުރުކޮށްފައެވެ. މި ބަދަލާއެކު ގެދޮރު ގަންނަ ފަރާތްތަކަށް މިވަނީ ފައިނޭންސިންގ އަށް ކޮލިފައިވުމުގެ ފުރުސަތު ފަހިވެފައެވެ.