ކާން އަދި ނުކާންވީ ކޮން އިރަކު ކޮންކޮން މޭވާއެއް؟

އާފަލު

އާފަލަކީ ، އެންޓިޓޮކްސިޑެންޓްސްގެ މާއްދާ ގިނަ މޭވާއެކެވެ. އެންޓިޓޮކްސިޑެންޓްސް އަކީ ، ފައިބަރާއި ވިޓަމިންސީ އާއި ވިޓަމިން އީ ގިނައިން އެކުލެވޭ މާއްދާއެކެވެ. މިއީ ރެޑް ބްލަޑް ސެލް ގިނައިން އުފައްދާ އެސެލްތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ މާއްދާއެކެވެ. ލޭ ދައުރުކުރާ ނާރުތައް ހަލާކުވުމުން ދުރުކޮށްދެއެވެ. އާފަލަކީ ، ދަގަނޑުގެ މާއްދާވެސް ހިމެނޭ މޭވާއެކެވެ. ދަނގަޑުގެ މާއްދާއަކީ ލޭ އުފެއްދުމަށް މުހިންމު މާއްދާއެކެވެ. އާފަލަކީ ، ޞިއްޙީގޮތުން ދުވާލަކު އެއްފަހަރު ބޭނުންކުރަން ރަނގަޅު މޭވާއެކެވެ. ޚާއްޞަކޮށް ފެހި އާފަލެވެ.

ބެރީގެ ބާވަތްތައް

ސްޓޯބަރީއާއި ބްލޫބެރީ އަދި ރާސްޕްބެރީގެ ބާވަތްތަކަކީ ، އެންޓިޓިކްސިޑެންޓްސް އާއި ވިޓަމިންގެ މާއްދާތައް ވަރަށް ގިނަ މޭވާއެވެ. ލޭ ހިނގާ ދައުރުވާ ނާރުތަކުގެ ދުޅަހެޔޮކަން އިތުރުކޮށް ގެއްލުންތަކުން ދުރުކޮށް ، ލޭ ސާފުކޮށް ރަނގަޅުކޮށްދީ ލޭ ދައުރުވުން ،  މިބާވަތްތަކުގެ ބެރީ އިން ފުރިހަމަ ވެއެވެ. އަދި ހިތުގެ ބަލިތައް ދުރުކޮށްދީ ، ލޭނާރުތައް ހަލާކުވުމުން ދުރުކޮށްދެއެވެ.

މޭބިސްކަދުރު

މޭބިސްކަދުރަކީވެސް ، ބެރީގެ ބާވަތްތަކާ އެއްގޮތަށް ، އެންޓިޓޮކްސިޑެންޓްސް ގިނަ އަދި ހިތުގެ ބަލިތައް ދުރުކޮށްދޭ މޭވާ އެކެވެ. މީގެ އިތުރަށް މޭބިސްކަދުރަކީ ، ހަށިގަނޑުގެ ދަނގަޑުގެ މާއްދާ ހިމެނޭ މޭވާއެކެވެ. އެއީ ލޭ ރަނގަޅުކޮށްދީ ހަށިގަނޑަށް ބޭނުންވާ ލޭ އުފައްދާ މޭވާއެކެވެ.

މޭބިސްކަދުރަކީ ، ހިތް ހިނގުމަށް ބޭނުންވާ މުހިންމު ބައެއްބޭހުގެ އަސަރު ، ކުޑަކޮށްދޭ އެއްޗެއްވެސް މެއެވެ. އެއާގުޅިގެން ، ލޭގެ ތެރޭގައި ބައެއްބޭހުގެ ޖަމާ ހަރުލުމާގުޅިގެން ، ހަށިގަނޑަށް ނުރައްކާވުން އެކަށީގެން ވެއެވެ.

ހުތްމޭވާ

އޮރޭންޖުގެ ބާވަތްތަކާއި ، ލުބޮޔާ އަދި މޭބިސްކަދުރުފަދަ ހުތްމޭވާއަކީ ، ވިޓަމިންސީ ގިނަ މޭވާއެކެވެ. މިއީ ، ރެޑް ބްލަޑް ސެލް އުފެއްދުމަށް ވަރަށް މުހިންމު މޭވާއެކެވެ. ގަހުގެ ވަޞީލަތުން އުފައްދާ މޭވާއެއްކަމަށްވާތީ ، މިބާވަތުގެ މޭވާގައި ވިޓަމިންސީ ވަރަށް ގިނަވާނެއެވެ.

އަންނާރު

އަންނާރަކީވެސް އެންޓިޓޮކްސިޑެންޓްސްގެ މާއްދާތައް ވަރަށްގިނަ މޭވާއެކެވެ. ލޭ ހިނގާ ނާރުތައް ދުޅަހެޔޮކޮށްދީ ، ހިތުގެ ބަލިތައް ދުރުކޮށްދޭ މޭވާއެކެވެ. އަންނާރަކީވެސް ، ލޭ ރަނގަޅުކޮށްދީ ލޭގެ ޖަމާ އިތުރުކޮށްދޭ މޭވާއެކެވެ. އެހެންނަމަވެސް ، އަންނާރަކީވެސް ، ހިތުގެ ހިނގުމަށް ބޭނުންވާ މުހިންމު ބައެއްބޭހުގެ އަސަރު ، ކުޑަކޮށްދޭ އެއްޗެއްވެސް މެއެވެ. އެއާގުޅިގެން ، ލޭގެ ތެރޭގައި ބައެއްބޭހުގެ ޖަމާ ހަރުލުމާގުޅިގެން ، ހަށިގަނޑަށް ނުރައްކާވުން އެކަށީގެން ވެއެވެ.

ކިވީ

ކިވީއަކީވެސް ވިޓަމިންސީ ވަރަށް ގިނައިން ހުންނަ މޭވާއެކެވެ. ރެޑް ބްލަޑް ސެލްސް ރަނގަޅުކޮށްދޭ މޭވާއެކެވެ. ކިވީގައި ފޮލޭޓް ވަރަށް ގިނައިން ހިމެނެއެވެ. ފޮލޭޓަކީ ، ޑީއެންއޭ އުފެއްދުމާއި ނާރުތައް ވަރުގަދަކުރާ ކާނާ ހިމެނޭ މާއްދާއެކެވެ.

އެވަކާޑޯ

އެވަކާޑޯއަކީ ، ވިޓަމިން އީ ވަރަށްގިނައިން ހިމެނޭ މޭވާއެކެވެ. އެއީ ،  ލޭނާރުތައް ވަރުގަދަކޮށްދޭ މާއްދާއެކެވެ. މީގެ އިތުރަށް ، އެވަކާޑޯއަކީ ، ރަނގަޅު ސަރުބީ އުފައްދާ މޭވާއެކެވެ. އޭގެ ސަބަބުން ، ހިތުގެ ބަލިތައްޖެހުން ދުރުކޮށްދެއެވެ.

ފަޅޯ

ފަޅޮލަކީ ، އުފެދުމުގައިވެސް ހަކުރު ގިނަ މޭވާއެކެވެ. މާގިނައިން ފަޅޯ ކެއުމުން ، ހިތަށް އޭގެ ނޭދެވޭ އަސަރު ފޯރައެވެ. ހަކުރުބަލި ހުންނަ މީހުންނާއި ހިތުގެ ބަލިތައް ހުންނަ މީހުން މާގިނައިން ފަޅޯ ކެއުން ރަނގަޅެއްނޫނެވެ. ޢާންމު ގޮތެއްގައި ފަލޮޅަކީ ޙަޖަމުެ ނިޒާމް ރަނގަޅުކޮށްދޭ މޭވާއެކެވެ.

އަލަނާސި

އަލަނާސިއަކީ ، ބްރޮމިލެއިންއެވެ ކިޔާ މާއްދާއެއް ގިނަ މޭވާއެކެވެ. މި މާއްދާއަކީ ލޭގެ ތެތްކަން ކުޑަކޮށްދޭ މާއްދާއެކެވެ. ބައެއްފަހަރަށް ބައެއްމީހުންގެނާރުތަކުގައި  ލޭ ގަނޑުވުންފަދަ ނޭދެވޭ އަސަރު ކޮށްފާނެއެވެ. ލޭދިޔާކުރުމަށް ބޭސް ބޭނުންކުރާ މީހުން އަލަނާސިކެއުން އެހާ ރަނގަޅެއްނޫނެވެ. އަދި ހިތުގެ ބަލިތައް ހުންނަ މީހުންވެސް އަލަނާސި ކެއުން ރަނގަޅެއްނޫނެވެ.

އަނބު

އަނބަކީ ވަރަށް ގިނަބަޔަކަށް މީރުވެގެން ގިނައިން ކެވޭ ، ހަކުރު ގިނަ މޭވާއެކެވެ. މާގިނައިން އަނބު ބޭނުންކޮށްފިނަމަ ، ހިތަށް ބާރުބޮޑުވެގެން ، ހިތުގެ ބަލިތައް އުފެދި ، ހަކުރު މައްޗަށްދިއުންފަދަ ކަންކަން މެދުވެރިވެދާނެއެވެ.

ކާށި

ކާސި ނުވަތަ ކާށިކިރަކީ ، ކޮލެސްޓްރޯލް މައްޗަށްދާ މާއްދާއެއް އެކުލެވޭ އެއްޗެކެވެ. މާގިނައިން ބޭނުންކޮށްފިނަމަ ، ހަށިގަނޑުގައި ގޯސް ސަރުބީ ގިނަވެ ، ކޮލެސްޓްރޯލް މަތިވެ ހިތުގެ ބަލިތަކަށް މަގުފަހި ވެދާނެއެވެ.

ކަދުރު

ކަދުރަކީ ، ހަކުރުގިނަ މޭވާއެކެވެ. ކަދުރު ކެއުމުން ، ލޭގައި ހިމެނޭ ހަކުރުގެ މިންވަރު މަތިވުން އެކަށީގެން ވެއެވެ. ކަދުރު ކެއުމުން ،  ކުއްލިއަކަށް ކަމެއް ނުވިނަމަވެސް ، ގިނަދުވަހުން ، ހިތުގެ އެކިބަލިތައް އުފެދުން އެކަށީގެން ވެއެވެ.

ޗެރީ

ޗެރީއަކީ ، ފްރަކްޓޯސް ގެ މާއްދާ ވަރަށްގިނަ މޭވާއެކެވެ. މިމާއްދާ ގިނަވެއްޖެނަމަ ، ހިތުގެ މަސައްކަތަށް ބުރޫ އަރައެވެ. މި މޭވާއަކީ ، ހިތުގެ ހިނގުމަށް ބުރޫއަރުވާ ކުޑަ މޭވާއެކެވެ. ހިތުގެ ބަލިތައް ހުންނަ މީހުންނާއި ހަކުރުބަލީގެ މީހުންނަށް އެހާ ރަނގަޅު މޭވާއެއްނޫނެވެ.

ކަރާ

ކަރަޔަކީވެސް ، ފްރަކްޓޯސް ގެ މާއްދާ ވަރަށްގިނަ މޭވާއެކެވެ. މިމާއްދާ ގިނަވެއްޖެނަމަ ، ހިތުގެ މަސައްކަތަށް ބުރޫ އަރައެވެ. ކަރަޔަކީ ، ހިތުގެ ހިނގުމަށް ބުރޫއަރުވާ މޭވާއެކެވެ. ހިތުގެ ބަލިތައް ހުންނަ މީހުންނާއި ހަކުރުބަލީގެ މީހުންނަށް އެހާ ރަނގަޅު މޭވާއެއްނޫނެވެ. އެހެންނަމަވެސް ، ގިނަބަޔަކު ބޭނުންކުރާ ޢާންމު މޭވާއެކެވެ.

ދޮންކެޔޮ

ދޮންކޭލަކީ ގިނަބަޔެއްގެ އަތްމަތީ މޭވާއެކެވެ. ޢާންމުގޮތެއްގައި ގިނަބަޔަކު ބޭނުންކުރާ މޭވާ އެކެވެ. ދޮންކެޔޮ ކެއުމަށް އެންމެ ރަނގަޅީ ހެނދުނު ހުސްބަނޑާއެވެ.

ދޮންކޭލަކީ ، ވިޓަމިންސީ އާއި ފައިބަރ އަދި މެގްނޭސިއަމާއި ޕޮޓޭސިއަމްގެ މާއްދާތައް ގިނަ މޭވާއެކެވެ. އެއީ ހަށިގަނޑުގެ މަސްތަކަށް ފައިދާހުރި ، ނާރުތަކުގެ ބާރު ގަދަކޮށްދޭ މޭވާ އެކެވެ. ނިދާގަޑިޔަކީވެސް ދޮންކެޔޮ ކާން ރަނގަޅު ގަޑިއެކެވެ. ފަސޭހައިން ނިދެއެވެ. އަދި ހަށިގަނޑު ހަމަހިމޭން ކޮށްލަ ދެއެވެ.

ބަނޑުގެ ވައިގެ އުނދަގޫ ހުންނަމީހުން ، ނިދާ ގަޑީގައި ދޮންކެޔޮ ބޭނުންކުރުން އެހައި ރަނގަޅެއްނޫނެވެ. ދޮންކޭލަކީ އެސިޑް ގިނަ މޭވާއެކެވެ. ވައިގެ އުނދަގޫ ހުންނަމީހުން އަރާމުކޮށްލަން ހޭދަކުރާ ގަޑިޔާ ކައިރިކޮށް ދޮންކެޔޮ ކެއުން ރަނގަޅެއްނޫނެވެ.

ޢާންމު ގޮތެއްގައި ކޮންމެ މޭވާއަކީވެސް ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާއެއް އެކުލެވޭ އެއްޗެކެވެ. މޭވާ ކެއުމުގައި ވިސްނަންޖެހެނީ ، ތިމާގެ އަމިއްލަ ޞިއްޙަތަށާއި ކެވޭ މިންވަރަށެވެ. މަދުން ، ގިނަމޭވާ އެއްކޮށްލައިގެން ހެދޭ މޭވާ ތަށްޓަކީ ހަށިގަނޑަށް އެންމެ ފައިދާހުރި ގޮތުގައި މޭވާ ކެވިދާނެ އެއްގޮތެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.