ދަންމަރު: ﷲ ގެ ނިޝާންތައް

މެކްސްވެލް އަކީ ދަގަތްފާނުގެ ޙަރަކާތްތައް (އިލެކްޓްރޯމެގްނެޓިކް އިންޓަރއެކްޝަންސް) ޙައިރާންވާ ފަދަ ބޮޑު ކާމިޔާބީ އަކާއެކު ހިސާބުގެ ނަންބަރުތަކަކުން ސާބިތުކޮށްދިން މީހެކެވެ. މި ނަންބަރުތައް ޖަރުމަނުގެ މަޝްހޫރު ފިޒިސިސްޓެއް ކަމަށްވާ ބޮލްޒްމާން އަށް ފެނިވަޑައިގަތީމާ ޙައިރާންފުޅު ވެގެން ވިދާޅުވިއެވެ. "މި ނިޝާންތައް ލިޔުނު ކަލަކީ ކޮން ކަލާނގެއެއް ހެއްޔެވެ؟"

Maxwell put the laws of electromagnetic interactions into equations so marvelous that when the great German physicist, Boltzmann saw them he exclaimed, “Who was that God who wrote these signs?”

ކާއިނާތުގެ ކަންތައްތައް މުޠާލިޢާ ކުރާ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ޢަޖާއިބުވާ އެއް ކަމަކީ ކޮންމެ ހޯދުމެއްވެސް އެންމެ ފަހުން ވަރުގަދަ ޙިކުމަތެއް އޮންނަ ހޯދުމެއްގެ ގޮތުގައި ނިމިގެންދާ ދިއުމެވެ. ކާއިނާތުގެ ކަންތައްތައް ހޯދާ މީހަކަށްވެސް ފެންނަނީ ވަކި ނިޒާމެއްގެ ދަށުން ތަރުތީބު މަގުން ހިނގަމުންދާ ކަންތައްތަކެކެވެ. އެއްވެސް ހަމައެއްލަމައެއް ނެތި ހިނގަމުންދާ ކަންތައްތަކެއް ނޫނެވެ. ވުމާއެކު ކާއިނާތުގެ ކޮންމެ ކަމެއްގެ ފަހަތުގައިވެސް ފުރިހަމަ "ސިކުނޑިއެއް" ޙަރަކާތްތެރިވަމުންދާ ކަމަށް ގަބޫލު ކުރަން މަޖުބޫރު ވެދެއެވެ.

އައިންސްޓައިން އަކީ ޚާލިސް ސައިންސީ މިޒާޖުގެ ބޭފުޅެކެވެ. އޭނާ ވިދާޅުވާ ގޮތުގައި އޭނާ އަކީ ފިސިޒިސްޓަކަށް ވުރެ ބޮޑަށް ފިލޯސަފަރެއް ކަމަށް އަމިއްލަފުޅަށް ގަބޫލު ކުރެއްވެއެވެ. އެއީ އަޅުގަނޑުމެންނަށް ބާރު ނުފޯރާފަށުގައި ވަކި ކަހަލަ ޙަޤީޤަތްތަކެއް އޮންނަ ކަމަށް ގަބޫލުފުޅު ކުރެއްވޭތީ ކަމަށް އޭނާ ވިދާޅުވެއެވެ.

I am more a philosopher than a physicist, for I believe there is a reality outside of us. (The World As A See It)

މި ވިސްނުންފުޅުގެ ސަބަބުން އައިންސްޓައިން ގަބޫލުފުޅު ކުރައްވަނީ އޭނާއަކީ އަޅުވެރި، ދީންވެރިއެއް ކަމަށެވެ.

In this sense, I belong to the ranks of devoutly religious men.

ކާއިނާތަކީ ﷲ ގެ ނިޝާނެކެވެ. ކާއިނާތުން ފެންނަނީ މަޚްލޫޤެއްގެ ސިފައިގައި ޚާލިޤުގެ ތަސްވީރެކެވެ. ހުޅުވިފައިވާ ސިކުނޑިއަކާއިގެން ކާއިނާތަށް ނަޒަރު ހިންގާ ކޮންމެ މީހަކަށް ކާއިނާތުން ފެންނަނީ އޭނާގެ ކަލާނގެއެވެ. އެހެން ނަމަވެސް ސިކުނޑި ބަންދު ވެފައިވާ މީހަކަށް ވިދާބަބުޅާ ގަދަ އަލީގެ ތެރެއިންވެސް ފެންނާނީ އަނދިރިކަމެވެ. ﷲ ގެ "ކުރިފުޅުމަތީގައި" ހުންނަ އިރުވެސް އެފަދަ މީހަކަށް ﷲ އެއް ނުފެންނާނެއެވެ.

(މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމެއްގެ ތަރުޖަމާ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.