
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ހިތަދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު އެމްޑީޕީ އިން ވަކިވެވަޑައިގެންފިއެވެ.
ރައީސް ނަޝީދު އެމްޑީޕީ އިން ވަކިވި ކަން ހާމަކޮށް އެ ޕާޓީއަށް ފޮނުވި ސިޓީ ރައީސް ނަޝީދު ވަނީ ޓްވީޓް ކުރައްވާފައެވެ.
އެ ސީޓީގައި ވިދާޅުވެފައިވަނީ ގައުމުގައި މިވަގުތު ކަންކަން ހިނގަމުންދާ ގޮތުން އެމްޑީޕީގައި މިވަގުތު ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ޕާޓީ އިން ވަކިވިކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާ އަހްމަދު ރަޝީދު އެމްޑީޕީ އިން ވަކިވެވަޑައިގެންފައި ވަނީ މިއަދުއެވެ. އޭނާ ޕާޓީ އިން ވަކިވެވަޑައިގަތްކަން އެ ޕާޓީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލަށްސިޓީއަކުން ވަނީ އަންގާފައެވެ.