ދިވެހި ސަރުކާރުން ބޭރުގެ އަސްކަރިއްޔާގެ އެހީއަށް އެދިފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެމްއެންޑީއެފުން މިއަދު ދޮގު ކޮށްފިއެވެ.
އެމްއެންޑީއެފްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް، ގައުމުގައި މިވަގުތު ހުރި މައްސަލަތަކާއި ގުޅިގެން ބޭރުގެ އަސްކަރިއްޔާއެއްގެ އެހީއަށް ސަރުކާރުން އެއްއިރެއްގައިވެސް އެދިފައި ނޯންނާނެ ކަމަށެވެ. އެމްއެންޑީއެފްއިން ބުނީ ބޭރުގެ އަސްކަރީ ބާރެއްގެ އެހީ ނުހޯދައި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ގާނޫނީ އިމުގެ ތެރެއިން ޙިމާޔަތްކޮށް ދެމެހެއްޓުމުގެ ގާބިލްކަން ދިވެހިރާއްޖޭގެ އަސްކަރިއްޔާއަށް ލިބިގެންވާ ކަމަށެވެ.
ރާޢްޖޭގެ ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ގާނޫނީ ވެރިކަން ދެމެހެއްޓުމާއެކު ރާއްޖޭގެ ދާހިލީ ކަންކަން އަމިއްލައަށް ހައްލުކުރުމުގެ ގާބިލުކަން ދިވެހިރާއްޖެއަށް ލިބިގެންވާކަން ބަލައިގަތުމަށްވެސް ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ކަމާގުޅުން ހުރި ހުރިހާ މުއައްސަސާ ތަކަށްވެސް ވަނީ ގޮވާލާފައެވެ.