ށ. ނަރުދޫ އައު އިންޖީނުގެ އާއި އޮފީސް އިމާރާތުގެ މަސައްކަތް ނިމި، ޚިދުމަތް ދޭން ފަށައިފިއެވެ.
ފެނަކަ ކޯޕަރޭަނުން މިކަން ހާމަކޮށްފައިވަނީ އެ ކުންފުނިން ކޮށްފައިވާ ޓްވީޓެއްގައެވެ.
އެރަށުގެ އައު އިންޖީނުގެ އެޅުމަށް 5.1 މިލިއަން ރުފިޔާއަށް ބަޔަކާއި ހަވާލުކޮށްފައި ވަނީ ސެޕްޓެމްބަރު 29، 2019 ގައެވެ.
މީގެ ކުރިން އެރަށު އިންޖީނުގެ ހުުރީ މީހުން ދިރިއުޅޭ ހިސާބުގައި ކަމަށްވާތީ، އަޑުގަދަވުމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުން އައިނަމަވެސް، އަލަށް އިމާރަތްކުރި އިންޖީނުގެ އާއެކު އަޑުގަދަވުމާއި އިދުމާ ޑީސަލްގެ އަސަރުކުރުމުގެ ޝަކުވާތައް ހުއްޓޭނެ ކަމަށެވެ. އަދި މީގެ ކުރިން ދިމާވި ޖާގައިގެ ދަތިކަން ވެސް ހައްލުވެފައިވާކަމަށެވެ.
ށ. ނަރުދޫގައި އަލަށް އިމާރަތް ކުރެވުނު އިންޖީނުގެ އާއި އޮފީސް އިމާރާތުގެ މަސައްކަތް ނިމި، ހިދުމަތް ދޭން ވަނީ ފެށިފައި. pic.twitter.com/93Y0RQOu4H
— Fenaka Corporation Ltd (@TeamFenaka) June 6, 2023
ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެތައް ޒަމާނީ ވަސީލަތްތަކާއެކު އެކަހެރި ސަރަހައްދުތަކަށް ބަދަލުކޮށް ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މި ހަފްތާ ތެރޭ ށ. ކޮމަންޑޫގައި އަލަށް އިމާރަތް ކުރެވުނު އިންޖީނުގެ އާއި އޮފީސް އިމާރާތުގެ މަސައްކަތް ނިމި ބޭނުންކުރަންވަނީ ފަށާފައެވެ.
މީގެ އިތުރުން ށ. ކޮމަންޑޫގައި އަލަށް އިމާރަތް ކުރެވުނު އިންޖީނުގެ އާއި އޮފީސް އިމާރާތުގެ މަސައްކަތްވެސް ވަނީ ބޭނުންކުރަން ފަށާފައެވެ.