
މާލެއިން ހުޅުމާލެއަށް ދުއްވާފައިދިޔަ ކާރެއްގައި ބުރިޖުމަތިން ރޯވެއްޖެއެވެ.
ފުލުހުން ބުނީ އެއީ ޓެކްސީއެއް ކަމަށާއި އެ ކާރުގައި ރޯވެފައިވަނީ އެއަރޕޯޓު ލައިޓު ކައިރިން ކަމަށެވެ. އަދި އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 4:11 ހާއިރު ކަމަށެވެ.
އެ ހާދިސާ ހިނގިއިރު، ކާރުގައި 3 މީހުން ތިބިނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި ކާރުގައި ރޯވި އަލިފާން މިހާރުވަނީ ނިއްވާލާފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.