
ގއ. ދާންދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ފިލައިފިއެވެ.
ދިވެހި ފުލުހުން ބުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ދާންދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރި މީހެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ.
އޭނާ ފިލާފައިވަނީ ރޭ ދަންވަރު 12:57 ހާއިރު ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުނެއެވެ.
އެހެންނަމަވެސް އެމީހާގެ ވަނަވަރު އަދިހާމައެއް ނުކުރެއެވެ.
މި މީހާ ފިލާފައިވާއިރު، މި މޭ މަހުގެ 5 ވަނަ ދުވަހު ވެސް ވަނީ އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ފިލާފައެވެ. އެއީ އުމުރުން 25 އަހަރުގެ ދިވެއްސެކެވެ.