
ހުޅުމާލެއިން 17 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ ކުޑަކުއްޖަކު ވީނުވީ ތަނެއް ނޭނގިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެއްކުއްޖާ ހޯދުމުގެ މަސައްކަތް ފަށައިފިވާ ކަމަށެވެ.
ހޯދަމުންދަނީ ޅ. ކުރެންދޫ / ހުދުފަޅު، ޢަބްދުއްނާފިޢު އިބްރާހިމް (17އ) ކަމަށާއި ޢަބްދުއްނާފިޢު އިބްރާހިމް ވީނުވީ ތަނެއް ނޭނގިގެން އާއިލާއިން ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވަނީ މެއި 21ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.
ޢަބްދުއްނާފިޢު އިބްރާހިމް ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުން ކަމަށާއި ނަމަވެސް މިހާތަނަށް ފުލުހުންގެ އެކި ބަހާތަކުން ކުރެވުނު މަސައްކަތުން ނާފިޢު ހޯދިފަނުވާ ކަމަށް ބުނެއެވެ.
އެހެންވެ، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9310707އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111އަށް ގުޅާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.