
ވެމްކޯ އިން ކުނި އަޅާ ކޮތަޅު ވިއްކަން ތައްޔާރުވެއްޖެ އެވެ.
ވެމްކޯ އިން ބުނީ ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަކޮށް ކުނިއަޅައި ބަންދުކުރުމަށް ބޭނުންކުރާނެ ކޮތަޅު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އެ ކޯޕަރޭޝަނުން ބިންލައިނާ ވިއްކަން ފަށަން ނިންމާފައިވާ ކަމަށެވެ.
އެ ކޯޕަރޭޝަނުން ފޯރުކޮށްދޭން ނިންމާފައިވަނީ ކަޅު އަދި ފެހި ކުލައިގެ ތިން ސައިޒެއްގެ ކޮތަޅު ކަމަށްވެސް ވެމްކޯއިން ބުންޏެވެ. އެއީ 11*17، 18*27، 36*48 އިންޗީގެ ކޮތަޅެވެ.
ވެމްކޯއިން އިތުރަށް ބުނީ އެ ކޯޕަރޭޝަނުގެ މާލެ، ހުޅުމާލެ އަދި ވިލިމާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުގެ ކަސްޓަމަރ ފްރަންޓް އޮފީސްތަކުން ބިންލައިނަރ ލިބެން ހުންނާނެ ކަމަށެވެ. އަދި އެ ކޮތަޅު ހަމައެކަނި ކުނި އުކާލުމުގައި ބޭނުން ކުރުމަށްވެސް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.