އުތުރު ކޮރެޔާއިން ބެލިސްޓިކް މިސައިލެއް އުދުއްސާލައިފި

އުތުރު ކޮރެޔާއިން ބެލިސްޓިކް މިސައިލެއް އުދުއްސާލައިފިއެވެ. މިކަމާ ގުޅިގެން ޖަޕާނުގެ އުތުރުގައި އޮންނަ ހޮކައިޑޫ ޖަޒީރާގެ މީހުން ރައްކާތެރި ތަންތަނަށް ވަނުމަށް ވެސް ޖަޕާނުން އިންޒާރު ދިނެވެ. އެހެންނަމަވެސް ޖަޕާނުން ވަނީ ފަހުން މި އިންޒާރު ބާޠިލުކޮށްފައެވެ. އެގައުމުން ބުނި ގޮތުގައި އެގައުގެ ޖޭ-އެލާޓް ސިސްޓަމަށް ކުރިން ލަފާކުރެވުނު ގޮތުގައި މިސައިލް ވެއްޓޭނީ ހޮކައިޑޫ ޖަޒީރާއާ ކައިރި ހިސާބަކަށެވެ. އެހެންނަ

ޖަޕާނާއި ކޮރެޔާއާ ދެމުދު ކަނޑަށް ވެއްޓުނު މި މިސައިލް އުދުއްސާލުމާ ގުޅިގެން ޖަޕާނުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

ދެކުނު ކޮރެޔާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް (ޖޭސީއެސް) ބުނި ގޮތުގައި އުތުރު ކޮރެޔާއިން މިސައިލް އުދުއްސާލާފައި ވަނީ މިއަދު ހެނދުނު 7:23 (ރާއްޖޭ ގަޑިން ފަތިހު 4:23) ގައެވެ. މި ކަމަކީ އެއްވެސް ސަބަބެއް ނެތި މަސްރަހު އިތުރަށް ހޫނުކުރަން ކުރި ކަމެއް ގޮތުގައި ސިފަކުރަމުން ޖޭސީއެސްއިން ބުނި ގޮތުގައި މެދު ރާސްތާ ނުވަތަ ދުރު ރާސްތާގެ މިސައިލެއް ކަމުގައި ބެލެވޭ އެ މިސައިލް ވަނީ 1000 ކިލޯމީޓަރަށް ދަތުރުކޮށްފައެވެ.

ޖަޕާނުގެ ޑިފެންސް މިނިސްޓަރު ޔަސުކަޒޫ ހަމާޑާ ވިދާޅުވިގޮތުގައި މިސައިލް ފޮނުވާލާފައި ވަނީ އިރުމައްޗަށެވެ. އަދި ފުރަތަމަ ހީކުރެވުނު ގޮތާ ޚިލާފަށް އެ މިސައިލް ޖަޕާނުގެ ސަރަހައްދަށް ވެއްޓިފައި ނުވެއެވެ. އެހެންނަމަވެސް ބޮޑުވަޒީރު ފޫމިއޯ ކިޝީޑާ ވިދާޅުވީ މިކަމާ ގުޅިގެން އެގައުގެ ގައުމީ ސަލާމަތާބެހޭ މިޖިލިސްގެ ކުއްލި ޖަލްސާއެއް ބާއްވާނެ ކަމުގައެވެ.

އުތުރު ކޮރެޔާއިން ބެލިސްޓިކް މިސައިލެއް އުދުއްސާލާފައި ވަނީ، އުތުރު ކޮރެޔާގެ ދިފާއު އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރަންޖެހޭ ކަމަށް ޒައީމު ކިމް ޖޮންގް އުން ވިދާޅުވިކަމަށް އުތުރު ކޮރެޔާގެ ކޮރެޔާ ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) އިން ބުނެފައި ވަނިކޮށެވެ.

ކޭސީއެންއޭއިން ބުނި ގޮތުގައި "އެމެރިކާގެ އިސްތިއުމާރީ ބާރާއި ދެކުނު ކޮރެޔާގެ ގޮނޑިކޮއްކޮ ޚާއިނުން އުދުވާނީ ހަމަލާއެއް ދިނުމަށް" ތައްޔާރުވަމުން ދާތީ އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އުތުރު ކޮރެޔާގެ ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ ބައްދަލުވުމެއް ހޯމަދުވަހު ބާއްވާފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.