ރާއްޖޭގެ މައްސަލައިގައި އދ ގެ ސަލާމަތީ މަޖިލީހުގެ ސިއްރު ބައްދަލުވުމެއް

ޖަލު ޙުކުމުގައި ތިއްބެވި ރާއްޖޭގެ ސިޔާސީ ފަރާތްތައް މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރާއި ގުޅިގެން އުފެދުނު ނުތަނަވަސް ކަމުގައި ސަރުކާރުން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކޮށްފައިވާތީ އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

ބޭރުގެ ޑިޕްލޮމޭޓުންނާ ހަވާލާދީ އޭއެފްޕީން ބުނެފައި ވަނީ އދ ގެ ސަލާމަތީ މަޖިލީހުން ބާއްވާ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއް ކަމަށާއި ބައްދަލުވުމަށް ފަހު އދ ގެ ޕޮލިޓިކަލް އެފެއާޒް ޑިޕާޓްމެންޓުން ރާއްޖެއާބެހޭ ރިޕޯޓެއް ހުށަހަޅާނެ ކަމަށެވެ. އދ ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ތައްޔާރު ވުމުގެ ކުރިން އދ އިން ވަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ސަރުކާރަށް އިލްތިމާސް ކޮށްފައެވެ.

ސުޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން ސަރުކާރުން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރުމަށް ފަހު ވަނީ ސުޕްރީމް  ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ޙަމީދު ވަނީ ސުޕްރީމް ކޯޓުގެ ތެރޭގައި ތިއްބައި ސަލާމަތީ ބާރުތަކުން ވަދެ ހައްޔަރު ކޮށްފައެވެ. ފަނޑިޔާރު އަލީ ޙަމީދު ހައްޔަރުކުރި ފަހުން ޙާލުކޮޅު ސީރިއަސް ވެގެން މިހާރު ވަނީ އައިޖީއެމްޗުގައި އެޑްމިޓް ކޮށްފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.