ރިޔާސީ ބަޔާން އިއްވުން މިއަދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، މިއަހަރަށް އިއްވަވާ ރިޔާސީ ބަޔާން މިއަދު އިއްވަވާނެ އެވެ.

ރިޔާސީ ބަޔާން އިއްވަވަނީ ކޮންމެ އަހަރެއްގައި ވެސް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ފުރަތަމަ ޖަލްސާގަ އެވެ.

މި ޖަލްސާ ބޭއްވުމަށް ޝެޑިއުލް ކޮށްފައިވަނީ މިއަދު ހެނދުނު 9 ޖަހާއިރު އެވެ.

ރިޔާސީ ބަޔާނަކީ އެ އަހަރުގެ ތެރޭގައި ސަރުކާރުން ކުރާނެ ކަންކަމާއި ގުޅޭ މައުލޫމާތު ދެއްވުމަށް ރައީސް ދެއްވާ ބަޔާނެކެވެ.

މި ބަޔާނަށް މަޖިލީހުގެ މައިނޯރިޓީ ޕާޓީން ޖަވާބު ދިނުން ވެސް އޮންނާނެ އެވެ. އެކަމަކު ޖަވާބު ދިނުން އޮންނާނީ މަޖިލީހުން ކަނޑައަޅުއްވަ ތާރީޚެއްގަ އެވެ.

ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ރައީސް ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މަޖިލިސް ހުޅުވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވުން ފިޔަވާ އިތުރު ކަމެއް ނޯންނާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.