
ހުއްޓި ތިބެވޭކަށް ނެތް ކަމަށާއި އެމްޑީޕީ ދާންޖެހޭނީ ކުރިއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އާރޓިފިޝަލް ބީޗުގައި ކުރިޔަށްދާ "ކުރިއަށް ކެމްޕޭން"ގެ ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ މިދާ ބާރުމިނުގައި ކުރިޔަށް ގޮސް ނުވެހުރި ކަންކަން ނިންމާލުމަށް ދިވެހި ރައްޔިތުންނަށް ލިބޭނެ ފަހު ފުރުސަތު ކަމަށާއި އެއްދޮނެއްގައި މިޖެހެނީ ދެބުޅި ކަމަށެވެ.
މީގެ އިތުރުން މިސަރުކާރުން 65،529 ދަރިވަރުން ހިލޭ ޑިގްރީ ސްކީމުން ކިޔަވާ ނިމިއްޖެ ކަމަށާއި، 10 ހާހަށްވުރެ ގިނަ މުދައްރިސުންގެ މުސާރަ ބޮޑު ކުރެވިއްޖެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި 5 ސަރަހައްދުގައި ސީޓީ ސްކޭންގެ ޚިދުމަތް ތައާރަފް ކުރެއްވިއްޖެކަން ވެސް ފާހަގަކުރެއްވި އެވެ.
ރައީސް ސާލިހު ވިދާޅުވީ 137 ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދެވިފައިވާ ކަމަށާއި 13،000 އަށްވިރެ ގިނަ ފަތުރުވެރި މުވައްޒަފުންނަށް މިނިމަމް ވޭޖްގެ ފައިދާ ލިބިއްޖެ ކަމަށެވެ. އަދި 16 ހާހަށްވުރެ ގިނަ ފްލެޓް މަޝްރޫއުތައް ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށްދާ ކަމުގައި ވިދާޅުވި އެވެ.
ރައީސް ސާލިހު ވިދާޅުވީ މާލޭ ސަރަހައްދުގައި އެކަނިވެސް 7،590 ހައުސިން ޔުނިޓް ތަރައްގީ ވަމުންދާ ކަމަށެވެ.
އަދިވެސް ކުރިއަށް ނުދަނީތޯ؟ތިޔަހުންނެވީ އިސްލާމީ ޤަވްމެއްގެ ރައީސެއްގެ މަޤާމުގަ،ތިޔައްވުރެކުރިއަކަށް އަހަރެމެން އިންސާނުންނަކަށް ދުވަހަކުވެސް ނުދެވޭނެ.ﷲދެއްވި ނިޢުމަތަށް ޝުކުރުކުރޭ.ހިތްފުރާލާ މޭ ހެޔޮކޮއްލާ..އޭރުން ނިޢުމަތް ދެމިއޮންނާނީ...