ބްލޫރިބަން: އަންނި

" އަންނި "  އަކީ ކޮން އެއްޗެއް ހެއްޔެވެ ؟ ކޮންކަހަލަ ނަމެއް ހެއްޔެވެ ؟ ނަމުގެ މާނަޔަކީ ކޮބައި ހެއްޔެވެ ؟

މިސުއާލަކީ ، ދޮންބެއްޔާގެ ހިތުގައި 1980 ގެ އަހަރުތަކުއްސުރެ ފެށިގެން އުފެދިފައި އޮންނަ ސުއާލެކެވެ. ވަރަށް ގިނަމީހުންނާ ދޮންބެއްޔާވަނީ އެސުއާލުކޮށްފައެވެ. ދޮންބެއްޔާ ހިތްހަމަޖެހޭފަދަ ޖަވާބެއް ނުލިބެއެވެ. އެހެންނަމަވެސް ފޮތެއް ހާވައިލިއިރު ، އަންނި ގެ މާނަ ތަފްޞީލުކޮށްދީފައި އޮތްތަން ފެނިއްޖެއެވެ. އެއީ ކިހިނެއް އުފެދިގެންއައި ކޮންކަހަލަ ނަމެއްކަން ސާފުވާން އެބަ އޮތެވެ.  އޭގެ މާނަޔަކީ ކޮބައިކަން ވަރަށް ގިނަ މީހުންނަކަށް ނޭނގެއެވެ. ދޮންބެއްޔާގެ އަތުގައި އޮތް ފޮތް ކިޔަން ފެއްޓިއެވެ.

އަންނިއަކީ ، " އަންނާ " މިނަމުން ނެގިފައިވާ ނަމެކެވެ. އަންނިއަކީ އަންހެން ނަމެކެވެ. " އަންނާ " ، މިނަން ނެގިފައިވަނީ " ހަންނާ " މިނަމުންނެވެ. " ހަންނާ " އަކީ ، ސަލާމްލެއްވި އިބްރާހީމުގެފާނުގެ ކާފަ ދަރިކަލުން ، ސަލާމްލެއްވި ޔަޢުޤޫބުގެފާނުގެ ދަރިފަސްކޮޅަށް ނިސްބަތްވާ އަދި މިހާރު ، ފަލަސްތީނުގެ ބިން ގަދަކަމުން ފޭރިގަނެގެން ތިބި ، މުސްލިމުންގެ ޢަދުއްވުން ކަމުގައިވާ ޔަހޫދީންގެ ، ދީނަށް ނިސްބަތްވާ ހެބްރޫ ނަމެކެވެ.  " ހަންނާ " ގެ މާނަކުރެވޭ ގޮތްތަކުގައި ، ހެޔޮކަމެއް ، އޯގާ އަދި އޯގާތެރިކަން ، ރަޙުމަތްތެރި ، މިކަންކަން ހިމެނެއެވެ. ހެބްރޫއިންގެ ދީނީ ވިސްނުމުގައި ، " ހަންނާ " ގެ އިޖްމާލީ މާނަޔަކީ ، ހެޔޮކަން ދެއްކުން ނުވަތަ އޯގާތެރިވުމެވެ. " އަންނި " އަކީ ، ޔޫރަޕް ނުވަތަ ވިލާތުގެ ޤައުމުތަކުގައި ބޭނުންކުރެވޭ ، އެހެންނަމަވެސް މިހާރަށް މާގިނަބައެއްގެ ތާއީދު ލިބޭ ނަމެއް ނޫނެވެ. މިދިޔައަހަރުގެ އޮކްޓޯބަރު މަހުންފެށިގެން އަހަރުގެ ނިޔަލަށް ، އެމެރިކާގައި އެނަމުގެ މަޤްބޫލުކަންވަނީ ކޮންމެވެސް ވަރަކަށް އުފުލިފައެވެ. ވިލާތާއި އެމެރިކާގައި ޔަހޫދީ އާބާދީއަކީ އަޣުލަބިއްޔަތު އޮންނަ އާބާދީއެވެ. އެހެންކަމުން " އަންނި " މިނަމަކީ ، ޔަހޫދީ އިސްރާއީލާއި އެމެރިކާގައި އަދި ވިލާތުގެ އިއްތިޙާދުގައި ހިމެނޭ ޤައުމުތަކުގައި ،  ޢާންމުކޮށް މީހުންނަށް ކިޔައި އުޅޭ ނަމެކެވެ.

ޢަރަބި ބަހުގައި އަންނިގެ މާނަޔަކީ اعوام ( އަޢުވާމު ) އެވެ. މާނަޔަކީ އަހަރުތަކެވެ. އުރުދޫ ބަހުގައި އަންނިގެ މާނަޔަކީ مٹا دینا ( މިޓާދޭނާ ) އެވެ. މާނަޔަކީ ފުހެލާށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.