އެމްފައިސާ މެދުވެރިކޮށް "ޗާލު މިސްކިތް ފަންޑަށް" ފައިސާ ފޮނުވޭނެ އިންތިޒާމު ހަމަޖައްސައިފި

އުރީދޫ މޯލްޑިވްސް ގެ އެމްފައިސާ މެދުވެރިކޮށް "ޗާލު މިސްކިތް ފަންޑަށް" ފައިސާ ފޮނުވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

މި ފަންޑަކީ މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފައިސާ ހޯދުމަށް މާލެ ސިޓީ ކައުންސިލުން ހުޅުވާލާފައިވާ ފަންޑެކެވެ.

އުރީދޫން ބުނީ އެ ފަންޑަށް ފައިސާ ހަދިޔާ ކުރުމަށް އެމް-ފައިސާ މެދުވެރިކޮށް މިސްކިތްތަކުގައި ބަހައްޓާފައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްލުމަށް ފަހު އެމްފައިސާ މެދުވެރިކޮށް އެ ފަންޑަށް ފައިސާ ފޮނުވޭނެ ކަމަށެވެ. އަދި އެ ފަންޑަށް އެމް-ފައިސާ މެދުވެރިކޮށް ހަދިޔާ ކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ އުފާ ކުރާ ކަމެއް ކަމަށެވެ.

ޗާލު މިސްކިތް ފަންޑުގެ ނަމުގައި ދެ ދުވަހުގެ ފަންޑް ރެއިސް އިވެންޓެއް ބޭއްވުމަށް ނިންމާ، މާލެ ސިޓީ ކައުންސިލުން އެ ފަންޑު ހުޅުވާފައިވަނީ އިއްޔެ އެވެ. މިއަދު ވެސް އެ ހަރަކާތް ބޭއްވުމަށް ނިންމާފައިވާއިރު، މިއަދުގެ ހަރަކާތް މިޙާރުވަނީ ފަށާފަ އެވެ. އަދި އިރުއޮއްސި 6:00 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

އުރީދޫން ވަނީ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އެމް-ފައިސާ މެދުވެރިކޮށް މިސްކިތްތަކަށް އެހީވާ ވަގްފް ފަންޑަށް ފައިސާ ވަގްފް ކުރެވޭނެ ގޮތް ވެސް ހަމަޖައްސާފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.