މާލެ ސިޓީ ކައުންސިލުގެ ފުރަތަމަ "ސްޓާފް ނައިޓް" ބާއްވައިފި

އަގުހުރި އިނާމްތަކަކާއިއެކު މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ ”ސްޓާފް ނައިޓް“ ބާއްވައިފި އެވެ.

ހެންވޭރު ފުޓްބޯޅަ ދަނޑުގައި ބޭއްވި މި ހަފުލާގައި އެ ކައުންސިލުގެ މުވައްޒަފުންގެ އަގުވަޒަން ކުރުމަށް އަގުހުރި އިނާމްތަކެއް ވަނީ ދީފަ އެވެ.

ކައުންސިލްގެ ފަރާތުންދިން ފައިސާގެ އިނާމްގެ އިތުރުން 5 މުވައްޒަފަކަށް އުމްރާ ދަތުރާއި, އިސްތާންބުލްގެ ދެކޮޅު ޓިކެޓް, މެލޭޝިއާ ދެކޮޅު ޓިކެޓް, އަދިކޮލަމްބޯ ދެކޮޅު ޓިކެޓް ހިމެނެ އެވެ.

މީގެ އިތުރުން އަމިއްލަ ވިޔަފާރިވެރިންނާއި, އެކިއެކި ކުންފުނިތަކުން ދީފައިވާ ސްޕޮންސާރތަކުގެ ތެރޭގައި ރިސޯޓް ދަތުރުތަކާއި ކްރޮސްރޯޑް, ދަތުރުތަކާއި ހިލޭ މެޑިކަލްޗެކަޕް ފަދަ އިނާމުތައް ވަނީ މުވައްޒަފުންނަށް ދީފަ އެވެ.

މި ހަފްލާގެ އަގުހުރި އިނާމުތައް ސްޕޮންސަރ ކޮށްދެއްވި ފަރާތްތަކަށް މޭޔަރ މުޢިއްޒު ވަނީ ޝުކުރު ދަންނަވާފައެވެ. އަދި މާލެ ސިޓީ ކައުންސިލްގެ އެންމެހާ މުވައްޒަފުންގެ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވާ މޭޔަރ ވަނީ ހުރިހާ މުވައްޒަފުންނަށް ޝުކުރު ދަންނަވާފަ އެވެ.

މި ހަފުލާގައި މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވަނީ މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފުން ކުރަމުންދަނީ ވަރަށްބުރަ އަދި އަގުހުރި މަސައްކަތެއްކަން ފާހަގަ ކުރައްވާ ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި ސްޓާފު ނައިޓެއް ބޭއްވުމުގެ ބޭނުަމަކީ ވެސް އެމީހުން ކުރާ ބުރަ މަސަައްކަތުގެ އަގު ވަޒަން ކުރުން ކަމަށް ވިދާޅުވި އެވެ.

މާލެ ސިޓީގެ ކައުންސިލްގެ ނަމުގައި މިހާރު ހިންގަމުން މިދަނީ ކުރިން މާލޭގެ މުނިސްޕަލްޓީ އެވެ. މާލޭގެ މުނިސްޕަލްޓީގެ ނަމުގައި އެންމެ ފުރަތަމަ މުއައްސަސާއެއް އުފެއްދެވީ އައްސުލްތާން މުޙައްމަދު ފަރީދުލްއައްވަލްގެ ރަސްކަމުގެ ދުވަސްވަރުއެވެ. އެއީ މިލާދީ ގޮތުން 1956 ވަނަ އަހަރުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.