
މާލެއިން މީހަކު ގެއްލިގެން ހޯދާތާ 4 ދުވަސް ވެއްޖެ އެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަނީ ލ.މާވަށު، ކުންނާރުމާގޭ، ޢުމުރުން 32 އަހަރުގެ، މޫސާ އަނީސް ކަމަށެވެ.
އޭނާ އެންމެފަހުން ފެނުނީ މިމަހުގެ 24 ވަނަ ދުވަހު ކަމަށާއި އޭގެ ފަހުން އޭނާގެ ޚަބަރެއް ޢާއިލާއަށް ނުވާކަމަށް ފުލުހުން ބުނެއެވެ.
އޭނާ ގެއްލިފައިވާކަމަށް ޢާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ 27 ވީ އަންގާރަ ދުވަހު ހަވީރުކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އެހެންކަމުން އަނީސް ހޯދުމުގައި ފުލުހުން ކުރަމުންދާ މަސައްކަތުގައި ޢާއްމުންގެ އެހީތެރިކަމަށް ވަނީ އެދިފަ އެވެ.
އޭނާ އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެކަން ފުލުހުންނާއި ހިއްސާކުރުމަށް ފުލުހުންވަނީ އެދިފަ އެވެ. އެގޮތުން ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި މިމަޢުލޫމާތު ހިއްސާކުރެވޭނެކަމަށް ފުލުހުން ބުނެއެވެ.