
ކުނިމެނޭޖްކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު:24-2022)ގެ 30 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ސިންގަލް- ޔޫޒް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ކަނޑައަޅުއްވައިފި އެވެ.
ކުރިން މި ލިސްޓު ކަނޑައަޅުއްވާފައި ވަނީ ދިވެހި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު (ޤާނޫނު ނަމްބަރ1993/4)ގެ ދަށުން ނެވެ.
ނަމަވެސް ކުނިމެނޭޖްކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރު:24-2022) އަށް އަމަލުކުރަން ފެށުމާއެކު (ޤާނޫނު ނަމްބަރު:4/1993)ގެ 8-1 ވަނަ މާއްދާ އުވިގެން ދިއުމާގުޅިގެން އަލުން މި ލިސްޓު ކަނޑައެޅުއްވީ އެވެ.
ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެތީގެ ތެރެއިން ތިމާވެެއްޓަށް ގެއްލުންދޭ 13 ބާވަތެއް، ލިސްޓުގައި ބަޔާންކޮށްފައިވާ ވަކި ތާރީޚްތަކަކުން ފެށިގެން އެތަކެތި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކަމުގައި މި ޤަރާރުގައި ބަޔާންކުރައްވާފައި ވެއެވެ.