
ހދ. ނޮޅިވަރަމްގައި މީހަކު މަރާލާފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ އެރަށުގައި އަންހެނަކު މަރާލައިފާ އޮއްވާ ފެނިފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު 12:30 ހާއިރު ކަމަށެވެ.
އެ މައުލޫމާތު ލިބުމާއެކު ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި ހޭނެތިފައި އޮތް މީހަކު ފުލުހުންގެ އެހީތެރިކަމާއެކު އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މަރާލައިފާ ވަނީ އުމުރުން 28 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އެ މީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ވަނީ ބުނެފަ އެވެ.
މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން ކަށަވަރުކޮށް ދީފައެއް ނުވެއެވެ.