ރޭގެ ދަންވަރުގެ ވަގުތެއްގައި ވަޅި ހިފައިގެން ތިބި ބަޔަކު ކުރީގެ ރައީސް މައުމޫން ދިރިއުޅުއްވާ މ. އެންދެރިމާގޭ ދޮށަށް އައިކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަޅި ހިފައިގެން ތިބި އެމީހުން ގޭދޮށަށް ދަންވަރު އައިސް އަޑުގެ ނެތްކޮޅަށް ހަޅޭއްލަވައި އަޑުގަދަ ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލައި އެބަޔަކާމެދު ފިޔަވަޅު އަޅައިދިނުމަށްވެސް ފުލުހުންނާއި ސިފައިންނަށް މައުމޫން ވަނީ ގޮވާލައްވާފައެވެ.
މައުމޫން ދިރިއުޅުއްވާ އެންދެރިމާގެ ދާދިފަހުން ފުލުހުން ވަނީ ބަލައި ފާސްވެސް ކޮށްފައެވެ. އެއީ މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫން ދެވަނަ ފަހަރަށް ހައްޔަރު ކުރުމަށް ފަހުއެވެ.