
ބޭންކް އޮފް މޯލްޑިވްސް އިން އެމެރިކަން އެކްސްޕްރެސް ކާޑު ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަންއެއް މިއަދު ފަށައިފި އެވެ.
އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތްތަކެއް މި ޕްރޮމޯޝަންގައި ހިމެނޭނެ އެވެ.
މި ޕްރޮމޯޝަންގެ މުއްދަތުގައި ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ލިބިގެންދާނެ އެވެ.
މިގޮތުން
- ކޮންމެ ހަފްތާއަކު 2 މީހަކަށް 5،000 ރުފިޔާ
- ޕްރޮމޯޝަންގެ ބޮޑު އިނާމުގެ ގޮތުގައި 2 މީހަކަށް ލަންޑަނަށް ރިޓާން ޓިކެޓާއެކު ދަތުރުގެ ހަރަދުގެ ގޮތުގައި 1،000 ޕައުންޑް
މި ޕްރޮމޯޝަން ކުރިޔަށްދާނީ 13 ނޮވެމްބަރު އިން ފެށިގެން 13 ޑިސެންބަރު 2022 ގެ ނިޔަލަށެވެ.