މެމްބަރުން މަޖިލީހުގެ އިދާރާއަށް ނުވަދޭގޮތަށް ސިފައިން ދޮރު ބަންދު ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ބަޔެއް މެމްބަރުން މަޖިލީހަށް ވަންނަން ދިޔުމުން މަޖިލީހުގެ އިދާރާއަށް ނުވަދޭ ގޮތަށް ސިފައިން ދޮރު ބަންދު ކޮށްފިއެވެ.

މަޖިލީހުގެ އިދާރާގެ ގޭޓް ކައިރީގައި ޝީލްޑާއެކު ސިފައިން އެތުރިގެން ތިއްބައި މެމްބަރުން މަޖިލީހަށް ވަޑައިގަތުމުމަށް ފަހު ސިފައިން އެއްކައިރިކޮށް މަޖިލިސް ގޯތި ތެރެއަށް ބަޔެއް މެމްބަރުން މިހާރު ވަނީ ވަދެފައެވެ. ނަމަވެސް މަޖިލީހުގެ ޖަލްސާ ކުރިޔަށްދާ ތަނަކަށް ނުވަދެވެއެވެ.

މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ބާރަ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ޙުކުމް އިއްވުމާއެކު ސަރުކާރާ ދެކޮޅަށް މަޖިލީހުގެ މެޖޯރިޓީ އެނބުރިގެން ގޮސްފައިވާ މިދަނޑިވަޅުގައި  މަޖިލީހުގެ މެމްބަރުންވެސް ދަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލަމުންނެވެ.

ޕީޕީއެމުން ބުނެފައި ވަނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލިގެން ދިޔަނަމަވެސް މަޖިލީހުގައި ހެދޭނެ

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.