
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ތަރުޖަމާނަކަށް އަނަސް އަބްދުއްސައްތާރު ހަމަޖައްސާ، އެކަން އިއުލާން ކޮށްފި އެވެ.
އެ ޕާޓީގެ ތަރުޖަމާނުގެ މަޤާމަށް އަނަސް އައްޔަންކުރުމުގެ ކުރިން، އެ މަގާމުގައި ހުންނެވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އެވެ.
ތަރުޖަމާންގެ މަގާމަށް އަނަސް ހަމަޖައްސާފައިވާއިރު، އޭނާ ވަނީ އެ ޕާޓީގެ ސެކްރެތަރީ ޖެނެރަލްގެ މަގާމު ވެސް ކުރިންފުރުއްވާފަ އެވެ.
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިސްގެ ރައީސްކަމުގައި މިހާތަނަށް ހުންނެވި އަނަސް ވަނީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރ ކަމަށް ވެސް ވާދަކުރައްވާފަ އެވެ.
ޤާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ އަނަސް އަކީ އެމްޑީޕީގެ ޤާނޫނީ ގިނަ މަސައްކަތްތަކެއް ވެސް މީގެ ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ.