ނަވާޒްގެ ޓްވިޓާ އެކައުންޓް ވަނީ ހެކްކޮށްފައި- ޕޮލިސް

ފުލުސް އޮފީސް ހިންގެވުން މިއަދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން  ހަވާލު ކުރައްވި އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ އަބްދުﷲ ނަވާޒްގެ ޓްވިޓާ އެކައުންޓުން ސިޔާސީ ކުށްވެރިން ކުރިޔަށް އޮތް ގަޑިއެއްހާއިރު ތެރޭގައި ދޫކޮށްލާނެ ކަމަށް ބުނެފައި ވަނީ އެ އެކައުންޓް ބަޔަކު ހެކްކޮށްގެން ކަމަށް ފުލުން މިރޭ ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ އަބްދުﷲ ނަވާޒްގެ ރަސްމީ ޓްވިޓާ އެކައުންޓް މިވަގުތު ވަނީ ބަޔަކު ހެކްކޮށްފައި ކަމަށެވެ. މިގޮތަށް ފުލުހުން ބުނުމުގެ ކުރިން ނަވާޒްގެ ރަސްމީ ޓްވިޓާ އެކައުންޓުން ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށްޓަކައި ކުރިޔަށް އޮތް ގަޑިއެއްހާއިރު ތެރޭގައި އަމުރުގައި މިނިވަން ކުރަން ބުނެފައިވާ ސިޔާސީ ކުށްވެރިން މިނިވަން ކުރައްވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުން ލަސްވާތީ އިދިކޮޅު ސިޔާސީ ފަރާތްތަކާއި ބޭރުގެ ބަޔެއް ގައުމު ތަކުންވެސް ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. ސަރުކާރުން ބުނަމުން އަންނަނީ އަމުރު ތަންފީޒު ކުރުމަށްޓަކައި ސުޕްރީމް ކޯޓާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.