
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން އެކަން ހާމަކުރެއްވިނަމަވެސް މި ދަތުރުފުޅާ ގުޅޭ އިތުރު މައުލޫމާތު އެ އޮފީހުން އަދިހާމައެއް ނުކުރައްވަ އެވެ.
ރައީސް ސާލިހު މިއަހަރުގެ އޭޕްރިލް މަހު ވެސް ވަނީ ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ. އެއީ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅެކެވެ.
މީގެ އިތުރުން އެމަނިކުފާނުގެ ތައިރޮޑް އޮޕަރޭޝަނެއް ކުރެއްވުމަށް ފެބްރުއަރީ މަހުގެ ފަހުކޮޅު ވެސް ވަނީ ސިންގަޕޫރަށް ވަޑައިގެންފަ އެވެ.