އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ޚާއްސަ ޕްލޭނެއް އުރީދޫ އިން ތައާރަފް ކޮށްފި އެވެ.
އުރީދޫ އިން ބުނެފައިވަނީ މި ޕްލޭނުގެ ދަށުން ޑިސްކައުންޓާއި ތަފާތު ފައިދާތައް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.
އެގޮތުން 30 އިންސައްތައިގެ ޑިސްކައުންޓް ލިބޭއިރު، އާއްމުކޮށް ބޭނުންކޮށް އުޅޭ ސޯޝަލް މީޑިއާ އެޕްލިކޭޝަން ކަމަށްވާ ވައިބަރ ބޭނުންކުރުމަށް 2 ޖީބީ ހިލޭ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
🤩އިސްރަށްވެހިންގެ ޕޯސްޓްޕެއިޑް ޕްލޭން!
✨30% އާއި ހަމައަށް ޑިސްކައުންޓް
✨2ޖީބީ ހިލޭ ޑޭޓާ ވައިބަރ ބޭނުންކޮށްލުމަށް
✨ކްލަބް ޕްރީމިއަރގެ ހާއްސަ އޮފަރތައްއެކްޓިވޭޓކޮށްލުމަށް "60 ޖެއްސެވުމަށްފަހު އައިޑީ ކާޑް ނަންބަރ ޖައްސަވާފައި 929އަށް އސްއެމްއެސް ކޮަށްލައްވާ. pic.twitter.com/luX8hwjMRQ
— Ooredoo Maldives (@OoredooMaldives) October 8, 2022
މީގެ އިތުރުން މި ޕްލޭން އެކްޓިވޭޓް ކުރާ ކަސްޓަމަރުން ވަގުތުން އުރީދޫގެ ކްލަވް ޕްރިމިއަރ ގޯލްޑް މެމްބަރުންނަށް ވާނެ ކަމަށާއި މިއާއެކު އެ ކްލަބުގެ މެމްބަރުންނަށް ލިބޭ ފައިދާ އާއި ޑިސްކައުންޓުތައް ވެސް އެ ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.
މި ޕްލޭން އެކްޓިވް ކުރުމަށް *60 ޖެހުމަށްފަހު 929 އަށް އެސްއެމްއެސްއެއް ފޮނުވާލުމުން އެކްޓިވޭޓް ކުރެވޭނެ ކަމަށް އުރީދޫ އިން ބުނެއެވެ. އަދި މި ޕްލޭން އެކްޓިވޭޓް ކުރަން އައިޑީ ކާޑު ނަންބަރު ބޭނުންވާނެ ކަމަށް ވެސް އުރީދޫއިން ބުނެއެވެ.