އިންޓަރނެޓުގެ ޚިދުމަތް ބޭނުންކުރުމުގައި ދަތިތަކެއް ދިމާވެދާނެ: އުރީދޫ

އޮކްޓޯބަރ 13 ވާ އާދީއްތަ ވިލޭރޭ ދަންވަރު 3.00 ފެށިގެން އަނެއްދުވަހުގެރޭ 9:00 އަށް އިންޓަނެޓް ޚިދުމަތްތައް ބޭނުންކުރެއްވުމުގައި ދަތިތަކެއް ދިމާވުން އެކަށީގެންވާ ކަމަށް އުރީދޫއިން ވިދާޅުވެއްޖެއެވެ. އެމައްސަލަ ދިމާވެދާނެ ސަބަބެއް ކަމަށް އެކުންފުނިން ވިދާޅުވެފައިވަނީ ކުންފުނީގެ "އިންޓަނޭޝަނަލް ސަޕްލަޔަރު ހިންގުމަށް ހަމަޖެހިފައިވާ މުހިއްމު ކޭބަލް މަރާމާތުކުރުމުގެ މަސައްކަތަކާ" ހެދި ކަމަށެވެ.

އެ މަސައްކަތް ކުރިއަށްދާ ވަގުތު، އުރީދޫ ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތައް ވީހާވެސް ކުޑަކޮށް، ވީހާވެސް އަވަހަށް މަސައްކަތް ފުރިހަމަ ކުރުމަށްޓަކައި އުރީދޫގެ ޓީމްތައް މަސައްކަތް ކުރައްވާނެ ކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ. މަސައްކަތް ހިނގަމުންދާ ވަގުތު ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިކަމަކަށްޓަކައި މަޢާފަށް އެދޭ ކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ. އުރީދޫއަކީ މުވާސަލާތީ ޚިދުމަތް ރާއްޖޭގައި ފުޅާދާއިރާއެއްގައި ދެމުންގެންދާ މަޤުބޫލް ކުންފުންޏެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.