
ޑިންގީއަކުން ޖެހި ސްނޯކްލިންގ އަށް ގޮސް އުޅުނު ފަތުރުވެރިއަކަށް އަނިޔާ ވެއްޖެ އެވެ.
ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވެފައިވަނީ އއ. ތޮއްޑޫ ކައިރިން ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކަށް ކަމަށެވެ.
އެސަރަހައްދުން ދަތުރުކުރަމުންދިޔަ ޑިންގީއަކުން ޖެހި އަނިޔާވެފައިވަނީ ރަޝިޔާ އަންހެނަކަށް ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި އެމީހާއަށް އިތުރު ފަރުވާ ދިނުމަށް އެމީހާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 05:15 ހާއިރު ކަމަށެވެ.