ހިންނަރުގައި ކުޅިވަރުކުޅެން ހުރި މީހަކު ކުއްލިގޮތަކަށް މަރުވެއްޖެ

ޅ. ހިންނަރުގައި ކުޅިވަރުކުޅެން ހުރި މީހަކު ކުއްލިގޮތަކަށް މަރުވެއްޖެ އެވެ.

ރާއްޖޭގެ ބައެއް ނޫސްތަކުން ބުނެފައިވަނީ އޭނާ މަރުވީ ފުޓްބޯޅަ ކުޅެންހުއްޓާ ކަމަށެވެ. އަދި އޭނާ މަރުވީ ވޮލީ ކުޅެން ހުއްޓާ ކަމަށް ވއެސް ބައެއް ނޫސްތަކުގައި ވަނީ ބުނެފަ އެވެ.

ކައުންސިލް މެންބަރ އަހްމަދު އަބްދުﷲ އާ ހަވާލާދޫ ދުވަސް ނޫހުގައި ބުނެފައިވަނީ ކުޅިވަރު ކުޅެން ހުރި ޒުވާނަކު ކުއްލި ގޮތަކަށް މަރުވެފައިވާ ކަމަށާއި އެއީ މުބްތަދާ އަލީ ކިޔާ ޒުވާނެއް ކަމަށެވެ.

އެ ނޫހުގައި ބުނެފައިވާ ގޮތުގައި އެ ޒުވާނާ ކުއްލިއަކަށް މެއަށް ތަދެއް އަރައި، ކުޅޭ ބިމަށް ވެއްޓުމުން ފުރަތަމަ ގެންދިޔައީ ހިންނަވަރު ހޮސްޕިޓަލަށެވެ. އަދި އެއަށްފަހު ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

މި މަރާއި ގުޅިގެން ފުލުހުންގެ ބަހެއް އަދިލިބިފައެއް ނުވެ އެވެ. އެހެންވެ، އޭނާ މަރުވީ ނައިފަރަށް ގެންދިޔަފަހުންކަމެއް ނުވަތަ ހިންވަރުގައި ކަމެއް އަދި ނައިފަރަށް ގެންދިޔަ ދަތުރުމަތީގައި ކަމެއް ސާފެއް ނުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.