އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ ރާއްޖޭގައި މިނިވަންކަން އޮތުމާއި ނެތުމުގެ މައްޗަށް ނެގޭ ވޯޓެއް: ރައީސް ޔާމީން

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ ރާއްޖޭގައި އިސްލާމްދީނާއި ދިވެހިން ސަގާފަތާއި މިނިވަންކަން އޮތުމާއި ނެތުމުގެ މައްޗަށް ނެގޭ ވޯޓެއް ކަމަށް ކުރީގެ ރައީސް އަދި އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެންމެބޮޑު ލީޑަރ ރައީސް މިހެން ވިދާޅުވީ ދ. ކުޑަހުވަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.

ރައީސް ޔާމީން ވިދާޅުވީ އިސްލާމްދީނާއި ގައުމިއްޔަތުގެ ވާހަކަ ސަރުކާރު ކޯލިޝަނާއި އެހެން ޕާޓީތަކުގެ ލީޑަރުން ކިތަންމެ ވަރަކަށް ދެއްކެވިޔަސް، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ވާހަކައެއް ނުދެއްކޭނެ ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މިހާރުގެ އިދިކޮޅުން މިދިޔަ ދައުރުގައި ސަރުކާރު ހިންގެވިއިރު ރައްޔިތުންނަށާއި، ޤައުމަށް ދިމާވި ބޮޑެތި ކަންކަން ހައްލުކޮށް ދިނުމަށް ހުރިހާ ސިޔާސީ ލީޑަރުން އެއްގަލަށް އަރާނެ ނަމައޭ ހިތްޕުޅަށް އަރައިވަޑައިގެންނެވި ކަމަށެވެ.

''އަޅުގަނޑުމެން ސަރުކާރުގައި ތިބިއިރުވެސް ހިތަށް އަރާ، ރައްޔިތުންނަށް ޤައުމަށް ދިމާވާ ބޮޑެތި ކަންކަން ހައްލުކޮށް ދިނުމަށް ހުރިހާ ސިޔާސީ ލީޑަރުން އެއްގަލަށް އަރާނެ ނަމައޭ، އެކަމަކު އެއްގަލަށް ނާރާނެ ކަން ވެސް އިނގޭ، އެހެންވެ އެކަން އިލްތިމާސެއްގެ ގޮތުގައި ނުދައްކަން،'' ރައީސް ޔާމީން ވިދާޅުވި އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.