ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް މިދަނީ މަސައްކަތް ކުރަމުން- ސަރުކާރު

ތަފާތު އެކިކަހަލަ ޖަލު ޙުކުމް އައިސްފައިވާ ސިޔާސީ ލީޑަރުންނާއި އެކިއެކި ތުހުމަތުގައި ޖަލަށް ލާފައިވާ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް މިރޭ ސުޕްރީމް ކޯޓުން ކުރި ޙުކުމް ތަންފީޒު ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށް ދައުލަތުން ބުނެފިއެވެ.

ބަންޑާރަ ނައިބު އަނިލް ވިދާޅުވީ ޙުކުމް ތަންފީޒު ކުރުމުގެ ކުރިން ސުޕްރީމް ކޯޓުގެ ޙުކުމެއް ކަމަށްބުނެ މީޑިޔާ އާއި އެނޫން ގޮތްގޮތުންވެސް މިރޭ އާންމުވެގެން ދިޔަ ޙުކުމަކީ ސައްޙަ ޙުކުމެއްތޯ ސާފު ކުރަމުން އަންނަ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރުގައި ދައުލަތާ ގުޅުން ހުރި ގިނަކަންތައްތަކެއް ހުރުމުން އެކަންކަމާމެދު ސުޕްރީމް ކޯޓާވެސް މަޝްވަރާ ކުރަން ތައްޔާރު ވަމުން އަންނަ ކަމަށް އަނިލް ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރު ޝަރީފް ވިދާޅުވީ ޙުކުމަށް ސަރުކާރުން އިޙްތިރާމް ކުރާކަމަށާއި ދައުލަތުން އެ ޙުކުމް ތަންފީޒު ކުރާނެ ކަމަށެވެ. އަދި މި އުދަނގޫ ދަނޑިވަޅުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުން ކަމަށްވެސް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.