ކުޅުދުއްފުށި ހޮސްޕިޓަލްގެ އޯޕީޑީ އިމާރާތުގެ މަސައްކަތުގެ 64 ޕަސެންޓް ނިމިއްޖެ

ހދ. ކުޅުދުއްފުށި ހޮސްޕިޓަލްގެ އޯޕީޑީ އިމާރާތުގެ މަސައްކަތުގެ 64 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ޕޮއިންޓް ވަޔަރިން، ފިޓިންގްސް، މޭސަނަރީ އާއި ޕްލާސްޓަރިން މަސައްކަތްތައް ވެސް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، އޯޕީޑީ އިމާރާތަކާއި، ވޯޑް އިމާރާތަކާއި، އައިސީޔޫ ޔުނިޓަކާއި ލެބޯޓަރީ އިމާރާތެއް އަޅާނެ ކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތުގައި ބަލި މީހުން ބެލުމަށް ޚާއްސަ 21 ރޫމާކާއި، ޓްރީޓްމަންޓް ރޫމަކާއި، ޕްރޮސީޖަރ ރޫމަކާއި، އީސީޖީ ރޫމެއްގެ އިތުރުން އެކޯ ރޫމެއް ހަދަން ވަނީ ހަމަޖެހިފައެވެ. އަދި އައިސީޔޫ ޔުނިޓް އެޅުމާއި، ލެބޯރެޓަރީ އިމާރާތް އެޅުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

30.3 މިލިއަން ރުފިޔާގެ މި މަޝްރޫއު މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށް ސޮއި ކުރީ ނޮވެންބަރު 14، 2020 ގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.