
ތިން ފުލުހަކަށް ހަމަލާދިން މައްސަލައިގާ އިތުރު ފަސް މިހަކު ހައްޔަރުކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ އެ މައްސަލައިގާ އިތުރު ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ފުލުހުން އެމީހުން އަތުލައިގަތީ ފިލާ ތިއްބާ ކަމަށެވެ.
ސީޕީ ހަމީދު ވަނީ “ރާވައިގެން ކުށްކުރާ ގްރޫޕްތަކާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި އޮފިޝަރުންނަށް ހަމަލާދިން ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ތިން ފުލުހަކަށް ހަމަލާދީފައިވަނީ ހެންވޭރަށް ނިސްބަތްވާ ގްރޫޕަކުންނެވެ. އެ ހަމަލާގެ ސަބަބުން ތިން ފުލުހުން ޒަޚަމްވެފައިވާއިރު، އެ ތިން ފުލުހުންނަށްވެސް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. އޭގެ ތެރެއިން ދެ ފުލުހަކު ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގާ ކުރިންވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ.
ފުލުހުންނަށް ހަމަލާ ދިނުން ކުށްވެރިކުރަން. ނަމަވެސް ތި މައްސަލައިގައި ކުށްވެރިވަނީ ފުލުހުން. ޣޭންގުތާކާ ފުލުހުން ގާތް ގުޅުން ބާއްވާ. އެދުވަހުގެ އަމަލުތައް ދުށް މީހެއްގެ ހައިސިއްޔަތުން ދެންނެވޭނީ ފުލުހުން ބަޔަކުގައިގައި ތަޅައިގެންފައި ވިކްޓިމް ކާޑު ކުޅެނީއޭ. ޠުނީފޯމުގެ ނިވާފަތްގަނޑިގައި ތިބެގެން ފުލުހުން މިިހިންގާ ޖަރީމާތައް ހުއްޓުވަން އެބަޖެހޭ.