
ތ. ގާދިއްފުށީގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ ބޮޑުބައި ނިމިއްޖެ ކަމަށް އެ މަސައްކަތްކުރާ ކުންފުނި އެމްޓީސީސީން ބުނެފިއެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ 82 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ އާރްއޯ ޕްލާންޓް އަދި ޕަމްޕް ސްޓޭޝަން ޤާއިމުކުރުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން އިދާރީ މަރުކަޒެއް އިމާރާތްކޮށް އާރް.އޯ ޕްލާންޓެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 4070 މީޓަރު ދިގު ނަރުދަމާ ވިއުގައެއް ޤާއިމުކޮށް ނަރުދަމާގެ ޕަމްޕް ސްޓޭޝަނުން 210 މީޓަރުގެ ހޮޅި ގުޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
20.9 މިލިއަން ރުފިޔާގެ މި މަޝްރޫއުގައި 2 ޕަމްޕް ސްޓޭޝަން ޤާއިމުކުރުމުގެ މަސައްކަތް ވެސް ވަނީ ހިމަނާފައެވެ.