
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ދޭ ނޫސްވެރިކަމުގެ މި އަހަރުގެ އިނާމަށް 82 ހުށަހެޅުން ލިބިފައިވާކަމަށް އެ ކައުންސިލުން ބުނެފިއެވެ.
އެމްއެމްސީން ބުނީ ނޫސްވެރިންގެ މަސައްކަތް ބަލައިގަނެ، ހިތްވަރު ދިނުމަށްޓަކައި ދެމުން އަންނަ އިނާމަށް 12 ދާއިރާ އަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލި ކަމަށެވެ.
އެއީ ތަޙްޤީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް)، ދެމެހެއްޓެނިވި ތަރައްޤީ އާއި އިޖުތިމާޢީ، ސިޔާސީ، ޝަރުޢީ އަދި ޤާނޫނީ، ވިޔަފާރިއާއި އިޤުތިޞާދު، ކުޅިވަރު، ފޮޓޯ ޖާރނަލިޒަމް، ވީޑިއޯ ޖާރނަލިޒަމް،ފީޗަރ، ގްރެފިކްސް އާއި އިލެސްޓްރޭޝަންސް، އުންމީދީ ނޫސްވެރިޔާ އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމެވެ.
މިއަހަރު ހުރިހާ ދާއިރާއަކަށްވެސް ވަނީ ހުށަހެޅުންތައް ލިބިފައިވާ ކަމަށް އެމްއެމްސީން ބުނެއެވެ.