ހޯރަފުށި އެއަރޕޯޓު އަލުން އޮޕަރޭޝަނަށް ގެނެސްފި

ހޯރަފުށި އެއަރޕޯޓު އަލުން އޮޕަރޭޝަނަށް ގެނެސްފިއެވެ.

އެ އެއަރޕޯޓުގެ ދަތުރުތައް މެދުކަނޑާލާފައިވަނީ އިއްޔެއެވެ. އެއީ މޯލްޑިވިއަންގެ ފްލައިޓެއް ހޯރަފުއްޓަށް ދަތުރުކުރަމުން ދަނިކޮށް އެއަރޕޯޓްގައި ބޭނުންކުރާ އަލިފާން ނިންވާ އުޅަނދަށް މައްސަލައެއް ދިމާވެގެންނެވެ.

ރީޖަނަލް އެއަރޕޯޓްސްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ (ސީއޯއޯ) އަހުމަދު އިބްރާހިމް ވިދާޅުވީ ދެ ގަޑިއިރު ތެރޭގައި ދިމާވި މައްސަލަ ހައްލުކޮށް އަލުން އެއަރޕޯޓް ހުޅުވާލާފައިވާ ކަމަށެވެ. އަދި ކުރިއެކޭ އެއްގޮތަށް އެއަރޕޯޓު ހިނގަމުންދާ ކަމަށެވެ.

ވައިގެ ދަތުރުފަތުރާއި ގުޅޭ ގަވާއިދުތައް އޮންނަ ގޮތުން އެއްވެސް އެއަރޕޯޓެއްގައި އަލިފާން ނިންވާ އުޅަނދެއް ނެތި މަތިންދާ ބޯޓު ޖެއްސުމަކީ މަނާ ކަމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.