ޕީޕީއެމް އަކީ މިހާރު ރާއްޖެ އޮތް ހާލަތުން އެހެން ހާލަތަކަށް ގެންގޮސްދެވޭނެ ޕާޓީ: ރައީސް ޔާމީން

ޕީޕީއެމް އަކީ މިހާރު ރާއްޖެ އޮތް ހާލަތުން އެހެން ހާލަތަކަށް ގެންގޮސްދެވޭނެ ޕާޓީ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ތ.ގާދިއްފުށީ ކައުންސިލްގެ ހުސްވެފައިވާ އަންހެނުންގެ ހާއްސަ ގޮނޑިއަށް ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓް ހައްވާ އަބްދުލް ހާދީ އަށް ވޯޓުދިނުމަށް އެދިވަޑައިގެން ޔާމީން ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.

ރައީސް ޔާމީން ވިދާޅުވީ ހަމައެކަނި ވަތަނީ ފިކުރެއްގައި ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރާ ޕާޓީއަކީވެސް އެއީ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވަނީ ރަށްރަށުގެ ފެންވަރުގައި ސިޔާސީ ނުފޫޒު ހިންގޭ ރަސްމީ މަގާމުތަކުގައި ތިބޭ ފަރާތްތަކަކީ ގައުމުގެ ހާލަތު ބަދަލުކުރުމަށް މަސައްކަތް ކުރެވޭނެ ފަރާތްތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި އެފަރާތްތަކަކީ ޕީޕީއެމްގެ ފިކުރުގެ ބައެއް ނަމަ، ގައުމު އިސްލާހުކުރަން ޕީޕީއެމުން ކުރާ މަސައްކަތްތައް އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ޔާމީން ފާހަގަކުރެއްވިއެވެ.

ގާދިއްފުށި ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމަށް ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެދުވަހު މ. ދިއްގަރު ކައުންސިލަށް މެމްބަރަކު އިންތިހާބު ކުރުމަށް ބައި އިލެކްޝަން އޮންނާނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.