
ވ. ފުލިދޫ އުތުރުކޮޅުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޮޑު ހިލަ ގެންގޮސްފިއެވެ.
އެމްޓީސީސީން ބުނީ އެރަށުގެ އުތުރުކޮޅުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފައިވާ ކަމަށެވެ.
މިއީ 8.07 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށާއި މި މަޝްރޫޢުގެ ދަށުން، 22،312 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 180 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން 84 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫޢު ގައި ހިމެނެއެވެ.