
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ގެ ބައްޕާފުޅު، މޫސާ ވަޖުދީ އަވަހާރަވެއްޖެއެވެ.
މުސްކުޅި ބަލީގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު، ވަޖުދީ އަވަހާރަވީ މަރަދޫގައި ހުންނަ އޭނާގެ އަމިއްލަ ގޭގައެވެ.
މަރަދޫ އާއި އައްޑު ސިޓީގައި ވެސް ގަދަރާއި އިހްތިރާމް ލިބިވަޑައިގެން ހުންނެވި ވަޖުދީ އަކީ މަޝްހޫރު ކެއްކުންތެރިޔާ އަދި ވިޔަފާރިވެރިޔާ ޖުވޭރިއާ ވަޖްދީގެ ވެސް ބައްޕާފުޅެވެ.
މޫސާ ވަޖްދީ އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، މަޖިލީހުގެ ހުރިހާ މެމްބަރުންގެ ނަމުގައި މަޖިލީހުގެ އިދާރާއިންވަނީ އާއިލާއަށް ތައުޒިޔާގެ ފޮނުއްވާފައެވެ. އަދި މަރަދޫ ރައްޔިތުން ވެސް ގެންދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ގެންދަނީ އެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.