މާލޭގެ ގެއެއްގައި ރަހުމުކުޑަގޮތަކަށް އަންހެނަކު މަރާލި މައްސަލައިގާ މީހަކު ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހ. ޝީރީން ވިލާގައި ރަހުމްކުޑަގޮތަކަށް އަންހެނަކު ރޭ މަރާލާފައިވާ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ރާއްޖޭގެ މަޝްހޫރު ސްކޭޓަރ ޝާހިލް އަލީއެވެ.
އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު މަރުވެފައި އޮތް އަންހެން މީހާގެ ހަށިގަނޑު މިހާރު ވަނީ ކްރައިމް ސީނުން ގެންގޮސްފައެވެ.
އެ ސަރަހައްދުގައި ތިބި ބައެއް މީހުންނާ ހަވާލާދީ ރާއްޖޭގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ބޮޑީ ބޭގްގެ ދެ ބޭގެއް ވަކިން ފުލުހުން އެ ގެއިން ނެރުނު ކަމަށެވެ.
މަރުވެފައި އޮތް އަންހެން މީހާގެ ކަރު ބުރިކޮށްލާ، ހަށިގަނޑާ ވަކިކޮށްލާފައިވާކަމަށް ބައެއް މީހުންނާ ހަވާލާދީ ނޫސްތަކުގައި ބުނަމުން އައިނަމަވެސް މިކަމުގައި ފުލުހުން އަދިވަކިއެއްޗެއް ނުބުނެއެވެ.