
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އައު ތަރުޖަމާނާއެކު ޕާޓީގެ އަޑު ސިޔާސީ ގޮތުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އެ ޕާޓީގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ އެ ޕާޓީން ހުސްވެފައިވާ ތަރުޖަމާނުގެ މަގާމަށް ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް ހަމަޖައްސަވާ، ތަޢާރަފް ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ އެމްއެންޕީ އުފެދުނީ ގައުމީ ފިކުރުގެ ގޮތުގައި ކަމަށާއި ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް ގިރާ ކުރެވިފައިނުވާ ވަރަށް ކާމިޔާބު ހަރުފަތްތަކެއް އެމްއެންޕީން ގިރާކޮށްފި ކަމަށެވެ.
"ކުރިޔަށް އޮތް ތަނުގައި ޕާޓީން ކުރަންހުރި ބޮޑެތި މަސައްކަތްތަކުގައި ޕާޓީގެ އާ ތަރުޖަމާނު، ޝިދާތާގެ ހިއްސާ ބޮޑު." ނާޒިމް ވިދާޅުވިއެވެ.
އެމްއެންޕީގެ ތަރުޖަމާނުގެ މަގާމް ހުސްވެފައިވަނީ އެމަގާމުގައި ކުރިންހުންނެވި އަސްރާ އަހުމަދު އިސްތިއުފާ ދެއްވުމުންނެވެ.