ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލަރޓު ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓު ނެރެފިއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ މޫސުމާއިބެހޭ ގައުމީ އިދާރާއިން ޔެލޯ އެލަރޓު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދަށެވެ.

މިއަދު ހަވީރު 4 ޖެހުމާއި ހަމައަށް ނެރެފައިފާ ޔެލޯ އެލަރޓު ގައި ބުނެފައިވަނީ އެ ސަރަހައްދުގެ ކަނޑުތައް ގަދަވެ ވައި ގަދަވާނެ ކަމަށެވެ. އަދި އާންމުގޮތެއްގައި އެ ސަރަހައްދުގެ ރަށްތަކަށް ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ25  މޭލާއި30  މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށެވެ.

އެހެންވެ، މޫސުމާއިބެހޭ އެންމެފަހުގެ މައުލޫމާތު ހޯދައިގެން ދަތުރު ކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.